ޗައިނާގައި އެކަނި އުޅޭ މީހުންނަށް ޚާއްސަ އެޕެއް ހަދައި، އެޕް ވައިރަލް ވެއްޖެ

Loading

Facebook
Twitter
WhatsApp

ޗައިނާގައި އެކަނި އުޅޭ މީހުންނަށް ޚާއްސަކޮށްގެން މޯބައިލް ފޯނަށް އަޅާ އެޕްލިކޭޝަން އެއް ހަދައި ،އެޕް ވަރަށް ބޮޑަށް މަގްބޫލް އެއްޗަކަށް ވެފައިވާ ކަމަށް ޚަބަރުލިބެއެވެ. ”އާ ޔޫ ޑެޑް؟“ ނުވަތަ ”ތިބާ ދިރި އެބަހުރިތަ؟“ ގެ ނަމުން ނަންދީފައިވާ އެޕް ބޭނުން ކުރާ ފަރާތްތަކުން، މަދުވެގެން ކޮންމެ ދެދުވަހުން އެއްދުވަހު ، އެޕްގައި ހިމެނޭ ޚާއްސަ ފިތަކަށް ފިއްތާލަން ޖެހެއެވެ.އެއީ އެފަރާތެއް ދިރި އެބަހުރިކަން އަންގާ ދިނުމަށް ޓަކައެވެ. އެއްވެސް ފަރާތަކުން ފިތަށް ނުފިއްތާނަމަ އެމީހެއްގެ އިމަރޖެންސީ ކޮންޓެކްޓްގެ ގޮތުގައި ދީފައިވާ ނަމްބަރަށް އެޕް މެދުވެރިކޮށް ކޯލްއެއްކުރެއެވެ.ނުވަތަ މެސެޖެއް ދެއެވެ. އަދި އެމީހަކު ހެޔޮހާލުގައި ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެއެވެ.

މިޚާއްސަ އެޕް އުފައްދާފައިވަނީ މިދިޔަ އަހަރުގެ މޭމަހު ކަމުގައި ވީނަމަވެސް އާންމުންގެ ސަމާލުކަމަށް އައިސްގެން މިއުޅެނީ ފާއިތުވި ދެތިން ހަފްތާއެއްގެތެރޭގައެވެ.އެއީ ގިނަ އަދަދެއްގެ އެކަނިއުޅޭ ޒުވާނުން އެއްފަހަރާހެން އެޕް ޑައުންލޯޑް ކުރުމާއި ގުޅިގެންނެވެ. މިހާރު މިއެޕް ވަނީ  ޗައިނާގައި އެންމެ ގިނަ މީހުން ޑައުންލޯޑް ކުރި އެޕަށް ވުމުގެ މަގުމަތީގައެވެ.

ޗައިނާގައި ހަދާފައިވާ އެކި ރިސަރޗްތައްބުނާ ގޮތުން 2030 ވަނަ އަހަރު އަންނަންވާއިރު  ޗައިނާގައި އެކަނި މީހަކު ދިރިއުޅޭ 200 މިލިއަން ގެ ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

”ސޭޕްޓީ ކޮމްޕޭނިއަން“ ނުވަތަ ”ރައްކާތެރިކަން ގެނެސްދޭ ބައިވެރިއެއް“ ގެ ގޮތުގައި އިސްތިހާރު ކޮށްފައިވާ މި ޚާއްސަ އެޕަކީ އޮފީހެއްގައި ވަޒީފާ އަދާކުރުމަށް އާއިލާއާއި ދުރުގައި އުޅޭ މީހުންނާ، ކިޔަވަން ދުރަށް ގޮސްތިބޭ ކުދިންނާއި އަދި ނޫނީ އެކަނި އުޅެން އިޚްތިޔާރު ކުރާ ފަރާތްތަކަށް ޚާއްސަ އެޕެކެވެ. މީގެ އިތުރުން ބޭރަށް ނިކުމެ އުޅެން ޖެހިލުންވާ ފަރާތްތަކާ ޑިޕްރެޝަންގައި އުޅޭ މީހުނާއި ވަޒީފާނެތި އުޅޭ މީހުން ފަދަ މީހުންނަށްވެސް މިއެޕްގެ ބޭނުންތެރިކަން ބޮޑު ކަމަށް ވެއެވެ.

އެކަކު ބުނި ގޮތުގައި އެކަނި އުޅެނިކޮން މަރުވެއްޖެނަމަ ހަށިގަނޑު ނެރޭނީ ކާކުތޯ މިސުވާލު ހިތުގައި އުފެދޭ ފަހަރުތައް އާދެއެވެ. އަމިއްލަ އާއިލާ އުޅޭ ހިސާބާ 100 ކިލޯމީޓަރު ދުރުގައި އެކަނި އުޅެން ދިމާވެފައިވާ އުމުރުން 38 އަހަރުގެ މީހަކުބުނީ އޭނާވެސް އެޕް ޑައުންލޯޑް ކުރީ އެކަންބޮޑުވުން އުފެދުމުން ކަމުގައެވެ. ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް ބޭޖިންގ އަށް ގޮސްއުޅޭ ވިލްސަން ބުނި ގޮތުގައި އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ގާތަށް ދެވެނީ ހަފްތާއަކު ދެފަހަރު ކަހަލަ ގޮތަކަށެވެ. އަދި މަސައްކަތްކުރަން ގޮސް އެކަނި ހުއްޓާ ކަމެއް ވެދާނެ ކަމުގެ ބިރު އުފެދުމުން އެޕް އެޅީއެވެ. އޭނާ ބުނި ގޮތުގައި މިއެޕަކީ ”ނެގެޓިވް“ މެސެޖެއް ދޭ އެއްޗެއްކަމަށް ބަލާ އެޕްބޭން ކުރުމަކީވެސް ވެދާނެ ކަމެއް ކަމަށް ބެލުނެވެ. އަދި އެޕް އަޅައިފިނަމަ ބަދުނަސީބު ކަންކަން މެދުވެރިވެދާނެ ކަމަށް ބަލާ ބަޔަކުވެސް އުޅޭ ކަމަށް ވެއެވެ.އެހެން ކަމުން     އާޔޫ އޯކޭ“ ނުވަތަ ”ހައު އާޔޫ“ ފަދަ ނަމަކަށް އެޕްގެ ނަން ބަދަލު ކުރުމަށްވެސް ބަޔަކު ދަނީ ގޮވާލަމުންނެވެ.

ޗައިނާ ފިޔަވާ އެހެން ގައުމުތަކުގައި ވެސް މިއެޕް ބޭނުން ކުރަމުންދާ ކަމަށް ވެއެވެ. މިގޮތުން އެމެރިކާ ، ސިންގަޕޯ ހޮންގކޮންގ ގެ އިތުރުން އޮސްޓްރޭލިޔާ އަދި ސްޕްޕެއިން ފަދަ ގައުމު ތަކުގައިވެސް މި އެޕް ބޭނުން ކުރާ ކަމަށް ވެއެވެ.

ފްރީ އެޕެއްގޮތުގައި ތައާރަފް ކުރެވުނު ނަމަވެސް މިހާރު ޕެއިޑް ކެޓަގަރީ އަށް ގޮސް އެޕްގެ އަގަކީ 1.15 ޑޮލަރު ކަމަށް ވަނީ ކަނޑައަޅާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް