އިސްރާާއީލު އުފެއްދުމުގެ މަގްސަދު ހާސިލުނުވެ ރަށްވެހިން ގައުމު ދޫކޮށް ދަނީ

Loading

Facebook
Twitter
WhatsApp

1948 ވަނައަހަރު އިސްރާއީލު އުފެއްދުމާއެކު އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ އެހެން ގައު،ުތަކުގައި ތިބި ޔަހޫދީން ގެނެސް ގައުމުގެ އާބާދީ ބޮޑުތަނުން ގިންކުރުމެވެ.

މި މަގްސަދު ހާސިލުކުރުމަށްޓަކައި އެހެން ގައުމުތަކުން ގެނެވޭ މީހުންގެ ދިރިއުޅުން ފަށައިގަތުމަށް ބޭނުންވާ އެހީތަކުގެ ބޮޑުބައެއް ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ގެންދިޔައީ ފޯރުކޮށްދެމުންނެވެ. ގައުމާ އިންވެގެންހުރި ބޯޑަރުތައް ބެލެހެއްޓުމަށްޓަކައިވެސް އާބާދީ ގިނަ ކުރުން އޮތީ މަޖުބޫރުވެފައެވެ. އަންހެނުން ދަރިމައި ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅަމުންގެންދިޔައެވެ.

ލޯ އޮފް ރިޓާރންގެދަށުން ރަށްވެހިކަން ދިނުމުގައި ލުއިގޮތްތަކެއް ތައާރުފް ކުރެވިގެންދިޔައެވެ.
މި ހުރިހާ ލުއިފަސޭހައަކާއި މަގުއަމާންކޮށްދިނުމާއެކު ދުނިޔޭގައި ދިރިއުޅޭ ޔަހޫދީންގެތެރެއިން ދެބައިކުޅައެއްބައި މީހުން އިސްރާއީލުގައި ވަނީ ވަޒަންވެރި ކުރުވިފައެވެ.
2024 ގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އިސްރާއީލުގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް 73% އަކީ ޔަހޫދީންނެވެ. އެއީ 7.2 މިލިއަން މީހުންނެވެ. އެ ގައުމުގެ ރައްޔިތުންގެ ގޮތުގައި ހިމެނޭ 10 މިލިއަން މީހުންގެތެރެއިން 2 މިލިއަން އަރަބި މުސްލިމުންނެވެ. ދެންތިބީ މައިގަނޑު ގޮތެއްގައި ޑުރޫޒުންނާއި ނަސޯރާއިންނެވެ.
އިސްރާއިލު ސަރުކާރުގެ މި ހުރިހާ އިންތިޒާމަތަކަކާއެކުގައިވެސް ކަށީގައި ހިފާފައިވާ ގޮތް ދޫނުކުރުމުގެ ގޮތްގަނޑު މައިތިރި ކުރެވޭ ގޮތެއް ނުވިއެވެ.

ނަތީޖާއެއްގެ ގޮތުން ގައުމުން ބޭރުގައި ދިރިއުޅޭ މީހުންނަށް އިންތިޚާބުތަކުގައި ވޯޓު ނުލެވުމާއި ގައުމަށް އެތެރެވާ މީހުންނާއި ގައުމު ދޫކޮށްދާމީހުން ތަފާތުކުރުން އޮތީ އަށަގެންފައެވެ.
ބޭރުގައުމުތަކުގައިތިބި ޔަހޫދީން ގައުމަށް އެނބުރި އަންނަމުންދިޔައިރު ގައުމުގައި ދިރިއުޅެމުން ގެންދިޔަ އެތައް ބަޔަކު އެކިއެކި ސަބަބުތަކާހުރެ ގައުމު ދޫކޮށް ދިޔައެވެ. ފަލަސްތީނާއެކު ކުރެވެމުންދިޔަ ހަނގުރާމައިގެ ބިރަށްވެސް އެތައްބަޔަކު ގައުމުދޫކޮށް ދިއުން އިޚްތިޔާރުކުރިއެވެ.
ގައުމުދޯކޮށްދިއުމަށް ސަރުކާރުން ގިނަ ހުރަސްތަކެއް އަޅާފައި ވުމާއެކުގައިވެސް ފާއިތުވެގެން ދިޔަ 2023 އަދި 2024 ވަނައަހަރު ތެރޭގައި އެކަނިވެސް ދޮޅުލައްކަ މީހުން އަނބުރާ ނާންނަގޮތަށް އިސްރާއީލު ދޮކޮށް ހިނގައްޖެކަމުގައި އިސްރާއީލުގެ ސެންޓަރ ފޯރ ސޯޝަލް ޕޮލިސީ ސްޓަޑީޒް އިން މައުލޫމާތު ދީފައިވެއެވެ. އަދި 2025 ވަނަ އަހަރު 82800 މިޙުން ގައުމު ދޫކޮށް ހިނގައްޖެ ކަމަށްވެސް ބުނެފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް