ކައިވެނިޕާޓީއަކަށްފަހު ނިދާފައިތިއްބާ ގޭސް ފުޅިއެއް ގޮވުމުން ކައިވެނިކުރި ދެމަފިރިންނާއެކު 8 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ޕާކިސްތާންގެ ވެރިރަށް އިސްލާމް އާބާދުގައި ކައިވެނި ޕާޓީއަކަށްފަހު މީހުން ނިދާފަތިބި ގެއެއްގައި ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުން، އަލަތު ކައިވެނި ކުރި ދެމަފިރިންނާއެކު އަށް މީހުން މަރުވެއްޖެ ކަމަށް ޚަބަރު ލިބެއެވެ. މިހާދިސާގައި ހިނގި ބާރުގަދަ ގޮވުމުގެ ސަބަބުން އެގޭގެ އެއްބައި ވެއްޓިފައިވާ ކަމަށް ވެއެވެ.އެގޭގައި އެވަގުތު ކައިވެންޏަށް އައި ބައެއް މެހްމާނުންވެސް ނިދާފައި ތިބި ކަމަށް ވެއެވެ.
އާދީއްތަ ދުވަހު ފަތިހު ހިނގި މިހާދިސާގައި އިތުރު އެތައް ބަޔަކަށް އަނިޔާތައް ލިބިފައި ވެއެވެ.


ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ގޭސްފުޅިގޮވިލެއް ބާރުކަމުން ޖެހިގެން ހުރި ބައެއް ގެތަކަށްވެސް ވަނީ ގެއްލުންތައް ލިބިފައެވެ. އަދި އިދާރާތަކަށް ޚަބަރު ލިބުމާއިއެކު ތަހުގީގުތައް ފަށާފައިވާ ކަމަށާ، އިތުރު މައުލާތު ލިބުނު ވަރަކަށް ހާމަކުރަމުން ގެންދާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު މައުލޫމާތު ދީފައި ވެއެވެ.
މިހާދިސާއާއި ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒް ޝަރީފް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އަދި އަނިޔާވި މީހުންނަށް ދެވެން އޮތް އެންމެ ފުރިހަމަ ފަރުވާ ދިނުމަށް ސިއްހީ އިދާރާތަކަށް އަންގަވާފައިވާ ކަމަށް ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް