ސައޫދީއަރަބިއްޔާގެ ޖިއްދާގައި ހުރި،ދިރިއުޅުމަށް އެކަށީގެންނުވާ އެއްހާހަށްވުރެގިނަ އިމާރާތް ތަޅާލުމުގެ ޕްރޯސެސް ފަށައިފިއެވެ. މިގޮތުން ޖިއްދާގެ އަލްރުވައިސް ނޭބަރހުޑްގައި ހުރި، ދިރިއުޅުމަށް އެކަށީގެންނުވާކަމަށް ފާހަގަ ކުރެވުނު 1،011 އިމާރާތުގެ ވެރިފަރާތްތަކަށް އެތަންތަން ހުސްކުރުމަށް ކްރައިސިސް މެނޭޖްމަންޓް އިދާރާ އިން އެންގުމަށް ފަހު އެތަންތަނަށް ގުޅާދީފައިވާ ޔުޓިލިޓީޒް ޚިދުމަތްތައް މޭޔަރުގެ އޮފީހުން އަންގާރަދުވަހު ކަނޑާލާނެކަން އަންގާފައިވާ ކަމަށްވެއެވެ.
އަދި އޭގެފަހުން އެތަންތަން ތަޅާލުމުގެ ކަންކަން، އެމަސައްކަތާ ހަވާލުވެފައިވާ ކޮމިޓީން ކުރިޔަށް ގެންދާނެއެވެ.
ދިރިއުޅުމަށް އެކަށީގެން ނުވާކަމަށް ފާހަގަ ކުރެވޭ އިމާރާތްތައް ތަޅާލަނީ އާބަން ސަރަހައްދު ތަކަކީ އާންމުންނަށް ރައްކާތެރި ތަންތަނަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުންނެވެ. އަދި އެތަންތަން ތަޅާލާނީ ހުސްކުރުމަށް ގާނޫނީ ގޮތުން ދޭންޖެހޭ މުއްދަތު ދިނުމަށްފަހުއެވެ.
މި މަސައްކަތްތަކީ އާބަން ސަރަހައްދު ތަކުގެ ވެށި އެއީ ސާފުތާހިރު، ރީތިކޮން ލޭންޑްސްކޭޕް ކުރެވިފައިވާ، އަދި ފެންވަރު ރަނގަޅު ތަންތަނަށް ހެދުމަށް މޭޔަރުގެ އޮފީހުން ފަށާފައިވާ ބޮޑު ޕްރޮޖެކްޓެއްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ.
![]()
