އީރާނުގައި ހޫނުވަމުންދާ މުޒާހަރާގެ ތެރެއަށް އެމެރިކާއިން ވަދެއްޖެނަމަ

Loading

Facebook
Twitter
WhatsApp

   

އީރާނުގައި ހޫނުވަމުންދާ މުޒާހަރާގެ ތެރެއަށް އެމެރިކާގެ ސިފައިން ވަދެއްޖެނަމަ އެއްވެސް ބެލުމެއްނެތި މި ސަރަހައްދުގައިހުރި އެމެރިކާއާއި އިސްރާއީލުގެ އެންމެހާ ވަސީލަތްތަކަކީ ގާނޫނީ އިމުގެ ތެރެއިން އީރާނުގެ ހަމަލާތަކުގެ ޖާއިޒު އަމާޒުތަކަކަށް ވެގެންދާނެކަމަށް އީރާނުގެ ރައްޔިތުންގެ މަޖިލީސްގެ ރައީސް އިންޒާރު ދެއްވައިފިއެވެ.

އަދި އެކަމުގައި ދެވަނަ ވިސްނުމަކަށް ނުދާނެ ކަމަށް އީރާނުން މިވަނީ ހާމަކޮށްފައެވެ. އީރާނުގެ އެންމެފަހުގެ ނިންމުންތައް ނިންމުމުގެ ބާރު ލިބިވަޑައި ގެންފައިވަނީ އުމުރުފުޅުން 86 އަހަރުގެ އިމާމް އަލީ ޚާމަނާއި އަށެވެ.                           

މަޖިލީސްގެ ރައީސް  މުޙަންމަދު ބާޣިރު ޣާލިބްފި ގެ މި އިންޒާރު އައިސްފައިވަނީ އީރާނުގެ ވެރިރަށްވެސް ހިމެނޭގޮތުގައި އެ ގައުމުގައި ހޫނުވަމުންދާ މުޒާހަރާތަކަށް 2 ހަފުތާ ވާއިތުވެގެން ދިއުމާއިއެކު އަދި 116 މީހުން މަރުވުމާ ގުޅިގެންނެވެ.                           

އެންމެފަހުގެ ޑްރޯން ފޮޓޯތަކުން ފެންނަގޮތުގައި ސަރުކާރުން އަޅަމުންގެންދާ ހަރުކަށިފިޔަވަޅު ތަކާހުރެ ތެހެރާންގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ސަފުތައް މިހާރު ފެންނަނީ ވިއްސިވިހާލި  ވެފައިވާ ކަހަލަ ގޮތަކަށެވެ. އެހެންނަމަވެސް އީރާނުގެ ދެވަނައަށްއެންމެބޮޑު ސިޓީ އަދި ޝިޔަޢީ މުސްލިމުންގެ މުގައްދިސް އިމާމް ރިޒާގެ ޒިޔާރަތް ހުންނަ މަޝްހަދުގައި މުޒާހަރާ ކުރާމީހުން ގެންދަނީ ބައެއް އިމާރާތްތަކުގައި ހުޅުވެސް ޖަހަމުންނެވެ. މުޒާހަރާތަކުގައި ބައެއްމީހުން އައި އެސް އައި އެސްގެ ފިކުރަށްތަބާވެ އިންސާނުން ދިރިތިއްބާ އަންދަމުން ގެންދާކަމަށް އީރާނުގެ ވަރަށް އިސް ސިޔާސީ ބޭފުޅަކު ކަމުގައި ބެލެވޭ އަލީ ލަރްޖާނީ މީޑިއާއަށް ވިދާޅުވެފައިވެއެވެ.                  

މުޒާހަރާ މައިތިރިކުރުމަށާއި ލިބޭ ގެއްލުން ކުޑަކުރުމަށް އިންގިލާބީ ސިފައިންނާއި ފުލުހުން ކުރަމުންގެންދާ މަސައްކަތަށް މަޖިލީސްގެ ރައިސް ވަނީ ތައުރީފް ކުރައްވާފައެވެ. އީރާނުގެ ރައީސް ޕެޒެސްކިއާން ވިދާޅުވެފައިވަނީ ގައުމުގައި ހުރި މައްސަލަތަކާ ދޭތެރޭ މަޝްވަރާކުރުމުގެ ފުރުސަތު އެއްވެސް އިރެއްގައި ބަންދު ވެފައި ނޯންނާނެކަމަށާއި އެކަމަކު ގައުމުގެ ހާލަތަކީ ހުއްޖަކަށް ހަދައިގެން ގައުމު ލޫޓުވާލަން ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އީރާނުގެ އިގްތިސާދަށް ދިމާވެފައިވާ މައިގަނޑު މައްސަލައަކީ އެމެރިކާއާއި ހުޅަނގުން އަޅާފައިވާ އިގްތިސާދީ ފިއްތުންތަކުގެ ސަބަބުންކަން ކަންއެއީ އެންމެނަށްވެސް އެނގި ހާމަވެފައިވާކަމެކެވެ.                   

އިންޓަރނެޓް ލައިންތައް ބޭނުންނުކުރެވޭގޮތް ހަދާފައި އޮތުމުގެ ސަބަބުން އީރާނުން ބޭރުގައި ތިބެގެން މީޑިއާތަކަށްވެސް ޚަބަރުލިބޭނެ މަގުތައްވަނީ ބަންދުވެފައެވެ. އެހެންނަމަވެސް މިހާތަނަށް 2600 މީހުން ހައްޔަރު ކޮށްފައިވާކަމަށް އެމެރިކާގައި ހަރަކާތްތެރިވަމުންގެންދާ އިންސާނިއްޔަތަށް ޚިދުމަތް ކުރާ ޖާމަތްތަކުން ބުނެފައި ވެއެވެ.                                       

އިންޓަރނެޓްގެ ޚިދުމަތް ކަނޑާލާފައި އޮތުމުގެ ސަބަބަކީ އީރާނުގައި ހިނގަމުންދާ މުޒާހަރާގެ ޚަބަރުތަކުގައި ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުން ކުރާ ކަންތައް ދުނިޔެއަށް ސިއްރުކުރުން ކަމުގައި ބެލެވޭތީ ސުލްހަވެރިކަމާއެކު މުޒާކުރާމީހުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އީރާނަށް ހަމަލާދޭން ތައްޔާރަށް ހުންނެވިކަމަށް އެމެރިކާގެ ރައީސް ގެންދަވަނީ އިންޒާރު ދެއްވަމުން ކަމަށާއި އިންސާނުންގެ މިނިވަން ކަމުގެ ހައްގުތަކަށް އީރާނުން އަރައިގަންނަމުން އެގެންދަނީ މީގެ ކުރިން ނުދެކޭ މިންވަރަކަށް ކަމުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާކަމަށް އެމެރިކާގެ 2 އޮފިޝަލަކު ވަނަވަރު ސިރއްރުކުރުން ޝަރުތުކޮށް ނިއު ޔޯރކް ޓައިމްސް އަށާއި ވޯލްސްޓރީޓް ޖާރނަލްއަށްމައުލޫމާތު ދީފައި ވެއެވެ. އަދި އެމެރިކާގެ މިލިޓްރީން ތައްޔާރަށް ތިބުމަށް ހޮނިހިރު ދުވަހުގެ ރޭ އަންގަވާފައިކަމަށްވެސް ބުނެފައި ވެއެވެ.                             

އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ ރައީސްޓްރަމްޕްއަކީ ވިދާޅުވާގޮތަކަށް ކަންތައްކޮށް ނިންމާ ލައްވާނެ ބޭފުޅެއްކަމަށާއި ގޭމްކުޅުއްވާނެ ބޭފުޅެއްނޫންކަން އީރަނުން ދަންނަން ޖެހޭނެ ކަމަށެވެ. އަދި ބަހްރައިންގައި ގާއިމްކޮށްފައިހުރި އެމެރިކާގެ 5 ވަނަ ފްލީޓުން ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ މަރްކަޒުތަކަކާއި ވަސީލަތެއް ދިފާއުކުރެވޭނެ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް