ސަންދާނުގެ ކިއުންތެރިންނަށް މިގެނެސްދެނީ އެމެރިކާއިން ވެނެޒޫލާއަށް އަރައިގަތުމުން 3 ވަނަ ބޮޑު ހަނގުރާމައެއް ފެށުމަށް މަގު ހުޅުވިދާނެކަމަށް އިޝާރާތްކޮށް ސީ އައި އޭ ގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައި ބޭފުޅަކު ހާމަކުރައްވާފައިވާ ތަސައްވުރެއްގެ ތަންތަންކޮޅެވެ. ޗައިނާގެ ޚާރިޖީވަޒީރު ދެއްވި އިމަރޖެންސީ ބަސްދީގަތުމަކަށް ރިއާޔަތްކޮށް ވާހަކަތައް ކުރިއަށް ގެންދަވަމުން ދުނިޔެ އަނެއްކާވެސް ބޮޑު ހަނގުރާމައަކާ ދިމާއަށް ދާކަށް އަޅުގަނޑުމެން ހަމައެކަކުވެސް ބޭނުމެއް ނުވާނެއޭބުނެ ސީ އައި އޭގައި އެބޭފުޅާކުރި ތަޖްރިބާއިން ކުޑަތަންކޮޅެއް ހިއްސާކުރައްވާފައިވެއެވެ.
ވެނެޒޫލާއަކީ ދުނިޔޭގައި 3 ވަނަ ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިޔަ އަލާމާތަކަށް ވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ މިދަނޑިވަޅުގައި ސިޔާސީ ގޮތުން ދުނިޔެ ވެއްޓެމުންދާ ކަނުއަނދިރި ހުރަގެއާ މެދު ފިކުރު ނުކޮށް ތިބުން ހެޔޮ ނުވާނެއެވެ. އަދި އެކަން ހުއްޓުވުން މާދަމާއަށް ލަސްކުރުމަކީވެސް ބިރުވެރިކަމުން ފުރިގެންވާ ކަމެކެވެ.
ސީއައި އޭގެ އެންމެ އެތެރޭގައި 27 އަހަރު ވަންދެން އަހަރެން ވާނީ މަސައްކަތްކޮށްފައެވެ. ބާރުގަދަ ގައުމުތަކުގެ ވިސްނުން ހުންނަ ގޮތާއި ސިޔާސީ ބަހުރުވައާއި ރައްދު ދިނުން ވަރަށް ގިނަފަހަރު ދެކި ތަޖްރިބާ ކޮށްފައިވާނެއެވެ. ސިޔާސީ ބޭފުޅުންގެ އަރާރުން ތަކާއި ލިމިޓް ކަނޑައެޅުއްވުން ވަނީ ދެކިފައެވެ. ސިޔާސީ ބޭފުޅުންގެ ދެކޮޅުވެރި ޒުވާބުތަކާއި ހަގީގީ އިންޒާރު ވަރަށް ރަގަޅަށް ފާހަގަކުރަން އަހަރެން ދަންނަމެވެ. އެކަމަކު ވެނެޒޫލާއާ ބެހޭގޮތުން ޗައިނާގެ ޚާރިޖީ ވަޒީރު ދެއްވާފައިވާފަދަ ތަފާތު އިންޒާރެއް ތަޖްރިބާ ކޮށްފައެއް ނުވެއެވެ. ވެނެޒޫލާގެ ރައީސް މުދުރޯ މިނިވަންކުރުމަށާއި އަދި އެގައުމުގައިތިބި އެމެރިކާގެ މިލިޓްރީންނާއި އެމެރިކާއަށް ނިސްބަތްކުރެވޭ ހުރިހާ ވަސީލަތެއް ވެނެޒޫލާގެ ބިމުން ބޭރުކުރުމަށް އެމަނިކުފާނު ދަމާލެއްވި 72 ގަޑިއިރުގެ ރަތްރޮނގަކީ އާންމުކޮށް އަޑުއިވޭފަދަ ސިޔާސީ އިންޒާރެއް ނޫނެވެ. އެމަނިކުފާނުގެ އިންޒާރުގެ ރާގު ތަފާތެވެ. ބޭނުންކުރެއްވި ބަހުރުވަ ތަފާތެވެ. ބަސްފުތަކުގައި މިލިޓްރީ ހަކަތަ އެކުލެވިފައިވާ މިންވަރު ވަރަށް ރަނގަޅަށް ހާމަވެގެންދިޔައެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައި ހުރި އެމެރިކާގެ ވަސީލަތްތަކަށް މެދުވެރިވެދާނެ ނުރައްކަލާއި ގެއްލުން ދޭހަވެގެން ދިޔައެވެ.
ނިއުކްލިއަރ ބާރު ލިބިފައިވާ ގައުމަކުން އެމެރިކާއަށް ހުޅުވާލާފައިއޮތް އިންޒާރެއް ދިނުމަކީ ބިރުވެރިކަމުން ފުރިގެންވާ ކަމެކެވެ. ހަމައެކަނި 72 ގަޑިއިރުގެ މުހުލަތެއް އެމެރިކާއަށް ދިނުމުން ޗައިނާގެ ވިސްނުމުގެ ސީރިއަސްކަން އެނގިގެންދެއެވެ. އެއީ ސިޔާސީގޮތުން ދެކޮޅުވެރިކަން ހާމަކުރުމެއް ނޫނެވެ. މިއީ ސަރަހައްދީ ދެކޮޅުވެރިކަން ބޮޑެތިބާރުތަކުގެ ކުރިމަތި ލުމަކަށް ބަދަލުވެގެން ދިއުމެވެ. މިއީ ނިއުކްލިއަރ ބާރު ލިބިފައިވާ ގައުމުތަކުގެ ބާރުހުރި މިންވަރު ވަޒަންކުރަން ބޭނުންވެތޯ ސުވާލުކުރިމަތި ކުރުމެކެވެ.
މި ނުރައްކާތެރި ނިއުކްލިއަރ ބާރު ހުރި މިންވަރު ތަޖްރިބާކުރަންޖެހުމުގެ ވަގުތަކީ މިއީ ބާވައެވެ.
އެމެރިކާގެ މިލިޓްރީން ވެނެޒޫލާއަށް އަރައިގަނެ އެގައުމުގައި އިންތިޚާބުކުރެވިފައިވާ ރައީސް ވަގަށް ނެގުމަކީ ބައިނަލް އަގްވާމީ އެއްވެސް ގާނޫނެއް ހުއްދަކުރާނެ ކަމެއްނޫނެވެ. އަދި މިފަދަ ކަންތައް ހިނގަމުންދާއިރު ޗައިނާއިން އަތްއުރާލައިގެން ނުތިބޭނެކަން ދުނިޔެއްށް ދައްކާނެކަން ޑިޕްލޯމެޓިކް އިމްތިޔާޒުތައް އެއްފަރާތްކުރެއްވުމަށްފަހު ޗައިނާގެ ޚާރިޖީ ވަޒީރު ކުއްލިއަކަށްދެއްވި އިމަރޖެންސީ ބަސްދީގަތުމުގައި އިއުލާންކުރެއްވިއެވެ. 72 ގަޑިއުރުތެރޭގައި ވެނެޒޫލާގެ ރައީސް މިނިވަންކޮށް އެ ގަމުގެ ސަރަހައްދުން އެމެރިކާގެ ހުރިހާ ބާރަކާއި ވަސީލަތެއް ބޭރުނުކޮށްފިނަމަ ދެން އެމެރިކާއިން ޖެހޭނީ ކުސްތަގްބަލާ ކުރިމަތިލާށެވެ. އެއީ ހަމައެކަނި ވެސްޓަރން ހެމިސްފެއަރ އަށް އެކަނި އަމާޒު ކުރެވިގެން ހިނގައިދާނެ މުސްތަގްބަލެއްކަމަށް ދެކިގެންނުވާނެއެވެ. ޗައިނާގެ ޚާރިޖީ ވަޒީރުގެ ބަސްފުޅުގައި އިގްތިސާދީގޮތުން އެމެރިކާއަށް ކުރިމަތިކޮށްފާނެ ގެއްލުންތަކުގެ އިތުރުން މިލިޓްރީ ހަރަކާތަށް ދިއުމަށްވެސް ފަސްޖެހިވަޑައި ނުގަންނަވާނެކަމުގެ މެސެޖް އެކުލެވިގެންވެއެވެ. އަދި މިލިޓްރީ ދެކޮޅުވެރިކަމެއްގެ ނުރައްކަލާމެދު ޗައިނާއިން ނުވިސްނާނެކަން ދޭހަވެގެން ދިއައެވެ. ވެނެޒޫލާގެ ރައީސް މިނިވަންކުރުމާއި އެގައުމުގެ އިސްތިގްލާލް ކަށަވަރުކުރުމަށާއި އެގައުމުގެ އެންމެހާ މިލްކިއްޔާތު ތަކަކީ އެގައުމުގެ ހައްގެއްކަން ގަބޫލުކުރަން އެމެރިކާއަށް ލިބޭނީ ހަމައެކަނި 72 ގަޑިއިރުކަން ވަރަށް ސަރީހަބަހުން އެމަނިކުފާނު އިއުލާންކުރެއްވިއެވެ. ދުނިޔޭގެ ކަންކޮޅު ތަކަށް އެމެރިކާ ނުފޫޒު ފޯރުވަމުންގެންދާއިރު ޗައިނާ ހަމަމަހިމޭނުން އޮންނަން ބޭނުން ނުވާތީ މިއިން އެއްވެސް ކަމަކާމެދު ޗައިނާއިން އިތުރު މަޝްވަރާއަކަށް ނުދާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިއަދު އެމެރިކާއިން ބާރުގެ ބޭނުންކޮށްގެން ވެނެޒޫލާ އަޅުވެތި ކޮށްފައިވާއިރު މާދަމާ އެމެރިކާއިން ބޭނުންވާ ކޮންމެ ގައުމަކާ ދޭތެރޭވެސް ހަމަ މިގޮތަށް އަމަލު ކުރާނެކަން ގަބޫލު ކުރަންޖެހެއެވެ. އެމެރިކާ ނުވަތަ ދުނިޔޭގެ އެހެން ގައުމަކަށްވިޔަސް ޗައިނާއިން އެ ފުރުސަތު ނުދޭނެކަން ދުނިޔެއަށް ދައްކަން ބޭނުންވެއެވެ. އެމަނިކުފާނުގެ ބަސްދީގަތުން ކުރިޔަށް ގެންދަމުން ވިދާޅުވެފައި ވެއެވެ.
![]()
