އެމެރިކާއިން ވެނެޒުއެލާއަށް އަރައި، އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްގެން ގެންދިޔުން ޗައިނާއިން ކުށްވެރިކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ޗައިނާއިން މިކަން ކުށްވެރިކޮށްފައި ވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގ ޔީ ޕާކިސްތާންގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ވެނެޒުއެލާގައި ހިނގި ކަންކަމަށް އިޝާރާތް ކުރައްވާ ޚާރިޖީ ވަޒީރު ވޭންގ ޔީ ވިދާޅުވީ ހުރިހާ ޤައުމަކަށް ވެސް އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ހިމާޔަތް ލިބެންޖެހޭކަމަށެވެ.
އަދި އެމެރިކާގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް ”ބައިނަލްއަގުވާމީ ފަނޑިޔާރެއް“ ގެ ގޮތުގައި މަސައްކަތް ކުރުމުގެ ބާރު އެއްވެސް ގައުމަކަށް ނޯންނާނެ ކަމަށް ޚާރިޖީ ވަޒީރު ވޭންގ ޔީ ވިދާޅުވިއެވެ.
ޗައިނާގެ ބޮޑުވަޒީރު ޝީ ޖިންޕިންވެސް އިއްޔެ ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ޗާޓަރުގެ އުސޫލުތަކަށް އިހުތިރާމް ކުރުމަށް ބޮޑެތި ބާރުތަކަށް ގޮވާލައްވާފަ އެވެ.
![]()
