ޖަޕާނުގައި ބޭނި ބޮޑު އެންމެ ކަނޑު މަހަކަށް 3.2 މިލިއަން ޑޮލަރު ލިބިއްޖެ

Loading

Facebook
Twitter
WhatsApp

ޖަޕާނުގެ ޓޯކިޔާގެ މަސް މާރުކޭޓެއްގައި ނީލަންކީ ބްލޫފިން ޓޫނާ ކިޔާ ވައްތަރުގެ އެންމެ މަހެއް 3.2 މިލިއަން ޑޮލަރަށް ވިކިއްޖެއެވެ.މިއީ 510.3 މިލިއަން ޔެން އެވެ.

342ކިލޯގެ ބަރުދަން ހުރި މިބޮޑުމަސް ގަނެފައިވަނީ ޖަޕާނަށް ޚާއްސަ މަހުގެ ކެއުމެއް ކަމަށްވާ ސޫޝީ ތައްޔާރުކުރާ ސޫޝީ ޒަންމާއީ ކިޔާ ޗެއިން ގެ ފަރާތުންނެވެ. މި ސޫޝީ ޗެއިނުން ހިންގާ ވަރަށް ގިނަ އައުޓްލެޓްތައް ޖަޕާނާއި އަދި ޖަޕާނުން ބޭރުގައިވެސް ހުރެއެވެ.

މި ބޮޑުމަސް ގަތުމަށްފަހު ކުންފުނީގެ ރައީސް ކިޔޯޝީ ކިމޫރާ ބުރީ އަހަރުފެށިގެން ފުރަތަމަ ގަންނަ މަހަކީ އަބަދުވެސް ނަސީބު ބަދަލު ކޮށްލާފަދަ މަހަކަށް ވާކަމުގައެވެ.

ޓޫނާ ކިންގ ގެ ނަމުން މަޝްހޫރުވެފައިވާ ކިމޫރާ އަކީ އައު އަހަރު ބާއްވާ ފުރަތަމަ ނީލަން ތަކުގައި ބޮޑެތި އަގުތައް ހުށަހަޅާފަރާތެއް ކަން ވަނީ ފާހަގަ ކޮށްފައެވެ.

ވިޔަފާރިވެރިޔާ ކިމޫރާ އޭއެފްޕީ އަށް މައުލޫމާތުދެމުން ބުނީ މަހުގެ އަގު މައްޗަށް އަރައިގެން ދިޔަ ވަރުން އޭނާހުރީ ހައިރާންވެފައި ކަމަށެވެ. މަސް ވިކުނު އަގަށް ވުރެ ހެޔޮ އަގެއްގައި ލިބިދާނެކަމަށް އުންމީދު ކުރި ކަމަށާ ނަމަވެސް ވާނުވާ ނޭނގި އުޅެނިކޮށް އަގު އަރައިގެން ދިޔައީ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިމޫރާ ވަނީ 2019 ވަނަ އަހަރު 333 މިލިއަން ޔެން އަށް ، 2013 ވަނަ އަހަރު 155 މިލިއަން ޔެން އަށް އަދި 2012 ވަނަ އަހަރު 56.5 މިލިއަން ޔެން އަށް ބޮޑެތި ބްލޫފިން ޓޫނާތައް ގަނެފައި ވެއެވެ.

ޓޯކިޔޯގެ ބޮޑުމަސްމާރުކޭޓުގައި އައު އަހަރު ފުރަތަމަ ބާއްވާ ނީލަމުގައި ވިއްކާ މަހަށް އާންމުގޮތެއްގައި ވަރަށް ރަގަޅު އަގު ލިބޭ ކަމަށް ވެއެވެ.

މިގޮތުން މިދިޔަ އަހަރު ފުރަތަމަ ބޭއްވި ނީލަމުގައި ފުރަތަމަ ވިއްކާލި ބޮޑުމަސް ވިކިފައިވަނީ 207 މިލިއަން ޔެން އަށެވެ. މިމަސްވެސް ގަނެފައިވަނީ ސުޝީގެ ވިޔަފާރި ކުރާ އޮނޮޑޭރާ ގްރޫޕުންނެވެ.

އާންމުގޮތެއް އިރުއެރުމުގެ ކުރިން ބާއްވާ މަހުގެ ނީލަންތަކީ ފަހަކަށް އައިސް ޓުއަރިސްޓުންވެސް ޝައުގްވެރިކަމާއެކު ބަލަންދާ ހަރަކާތަކަށް ވަނީ ވެފައެވެ.           

Loading

Leave a Reply

ފަހުގެ އަޕްޑޭޓް