”އަލްވަދާޢު“

Loading

Facebook
Twitter
WhatsApp

އަހަރެންނާއި ފިރިމީހާ އޭޑްރިއަން ކައިވެނިކޮށްގެން ފަސް އަހަރުވީއިރުވެސް ކުއްޖަކު ނުލިބެއެވެ. އަހަރެން މިކަމާ ނުހަނު ހިތާމަ ކުރިނަމަވެސް އޭޑްރިއަން މިކަމާ މާކަންބޮޑުވެ ދެރަވާކަމަކަށް ނުފެނެއެވެ.އޭނާ ދައްކާ ވާހަކައިންވެސް އެކަން ހާމައެއް ނުވެއެވެ.

ކުއްޖަކު ނެތް ނަމަވެސް އަހަރުމެން ދެމަފިރިންގެ ކައިވެންޏަކީ ފުރިހަމަ ކައިވެންޏެކޭ ބުނެވިދާނެއެވެ.އުޅޭނެ ރީތި ގެއެއް އެބަހުއްޓެވެ.ދެމީހުންނަށް ބޮޑު މުސާރަ ލިބެއެވެ.ދެމީހުން ދުއްވާނެ ދެކާރު އެބައޮތެވެ.އަދި އަހަރަކު އެއްފަހަރުހެން ދުނިޔޭގެ އެކި ތަންތަނަށް ޗުއްޓީ އަށް ގޮސްލެވޭވަރުވެއެވެ.

ދަރިއަކު ނެތުން ފިޔަވާ ކައިވެންޏާމެދު ހިތް ހަމަ ނުޖެހޭނެ ފަދަކަމެއް އަހަރެންގެ ފުށުން ފެނުނަ ނުދިނުމަށް އަހަރެން ވަރަށް މަސައްކަތް ކުރަމެވެ. ފިރިމީހާ އަށް މީރު ކެއުންތައް ތައްޔާރު ކޮށް ދިނުމާއި ގޭތެރެ ޒީނަތްތެރިކޮށް ސާފުތާހިރުކޮން ބޭއްވުމާ އަދި އޭނަގެ ރައްޓެހިންނަށް ދޭތެރެދޭތެރެއިން ކެއުންތައް ތައްޔާރު ކުރުންފަދަ ކަންތައް ކުރަމެވެ.މީގެ އިތުރުން އޭނާގެ އާއިލާގެ މީހުންނާވެސް ގުޅުން ބަދަހިކޮށް އެމީހުންވެސް ގެޔަށް ގެނެސް ސައިދީ ކާންދީ ހަދަމެވެ.

މިހެން އުޅުމުގެ ތެރޭ ﷲގެ ރަހުމަތްފުޅުން އަހަރެންވެސް ބަލިވެ އިނދެފިއެވެ.

މިއުފާވެރި ހަބަރު އަހަރެން އޭޑްރިއަން އަށް ދޭން ބޭނުންވީ އޭނާ އެކަމަށް ފުރިހަމަޔަށް ތައްޔާރުވެ ގަނގަޅު މޫޑަކަށް އެޅިފަ ހުންނަ ވަގުތަކުއެވެ. އެހެން ކަމުން ބަލިވެއިންކަން އަހަރެންނަށް އިނގުނުތާ ހަފްތާއެއްހާ ދުވަސް ވީއިރުވެސް އެކަން އޮތީ ސިއްރެއްގެ ގޮތުގައެވެ. ވާހަކަ ދައްކާލެވޭގޮތަށް ދެމީހުން ބައްދަލްވާ ވަގުތުތައް މަދުވީމައެވެ. ނަމަވެސް އަހަރެންގެ މޫނަށް ބަލާލި މީހަކަށްވެސް އަހަރެންނަށް އައިސްފައިވާ އުފާވެރިކަން ފެންނާނެއެވެ.

އެއްދުވަހަކު ވަރަށް ބުރަކޮން އޮފީހުގަ އުޅެފަ ގެއަށް އައިސްވެސް ކައްކާ ގޭތެރެ ސާފުކޮށްހެދުމަށްފަހު އަހަރެން ނިދަން އޮށޯތީ ވަރަށް ވަރުބަލިވެފަ ހުރެގެންނެވެ. ގައިމަތީ ކުއިލްޓް އަޅާ ރަގަޅަށް ހަމަޖެހިލާފަ ބަލާލިތަނާ އޭޑްރިއަންވެސް އައިސް އެނދުގައި ޖައްސާލިއެވެ.ނަމަވެސް އިރުކޮޅަކުން އޭނާޔަށް ފޯން ކޯލެއް އައެވެ. ކޯލް އައުމުން ތެދުވެގެން ގޮސް ދުރުގައި ހުރި ގޮނޑިއެއްގައި އިށީނެވެ.އަހަރެންނަށް އޭނަގެ މޫނެއް ނުފެނެއެވެ.

އިރުކޮޅަކުން އޭނަހީކުރީ އަހަރެންނަށް ނިދިއްޖެ ކަމަށެވެ. އެހެންކަމުން ދައްކަމުން އައި ވާހަކައިގެ އަޑު ކުޑަކޮން ބާރުވިއެވެ. އަދި ބުނާއަޑު އިވުނެވެ. ”އަންހެނުންނަށް މިކަން އެނގިއްޖިއްޔާ އޭނާ އަހަރެން ކައިރިން ވަރިވާނެއެވެ.“

އަހަރެން ގެ ދެލޯ ބޮޑުވިއެވެ. ގަޔަށް ހީވީ އައިސްފެން ބާލިދީއެއް އޮއްސާލިހެންނެވެ. ދެންވެސް އަހަރެން އޮތީ ނިދާކަމަށް ހަދައިގެންނެވެ.

އަނެއް ދުވަހު ހެނދުނު ތެދުވެގެން އަހަރެންނަށް އުޅެވޭ ނޫޅެވޭ ގޮތެއްވެސް ނޭގެއެވެ. ނަމަވެސް ފަތިހާތެދުވެ ސައިހަދާ އޭޑްރިއަންގެ ހެދުން ތައްޔާރުކޮށް މިހުރިހާކަމެއް ކޮށްދިނީމެވެ.

އަހަރެން މިހާރު ވިސްނާލާއިރު އޭޑްރިއަންއަށް ބަދަލުތަކެއް އަންނަމުން ދާތާ އެތައް ދުވަހެއް ވެއްޖެއެވެ. އޭނަ ހިނިތުންވާ ފަހަރު ތަކުގައިވެސް ދެލޮލުން އެކަމެއް ނުފެނެއެވެ. ޖަވާބުތައް ކުރެވެ. ގެއަށް އަންނަލެއް ލަސްވާން ވަނީ ފަށާފައެވެ. އޮފިސްދަތުރު ތަކުގައި ދިއުން ގިނަވެއްޖެއެވެ.

މިހުރިހާ ކަމަކަށް ވިސްނާލުމަށްފަހު އަހަރެން އެއްރެޔަކު ބުނީމެވެ. ”އޭޑްރިއަން އަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަކަން އަހަރެންނަށް އެބަފާހަގަ ކުރެވެއެވެ.ކުރިމަތީގަ އަހަރެން ހުއްޓަސް އޭޑްރިއަންއަކަށް އަހަރެން ނުފެނެއެވެ. ކަމެއް ނުވެ ހުއްޓަސް ފާޑެއް ނުކިޔައެވެ.ރުޅިއެއް ނާދެއެވެ. މިއީ މިކަންތައް އޮންނަންޖެހޭނެ ގޮތެއް ނޫނެވެ.އެޑްރިއަން ތިޔަ އަންނަނީ ކޮންބަދަލު ތަކެއް ހެއްޔެވެ. އަހަރެންނަށް މިކަން ފާހަގަ ވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.“

މިއާއެކު އޭނާ ބުނަން އުޅުނު އެއްޗެއް ދިރުވާލިކަހަލައެވެ. ”ގުން“ ކިޔާފަ ހިންދިރުވާލިއެވެ.  އުޅެނީ އަހަރެންގެ ލޮލަށް ނުބަލަން ވެގެންނެވެ. ދޭނެ އެކަށީގެންވާ ޖަވާބަކަށް ވިސްނަމުންދާއިރު އޭނާގެ ނަފްސް ކަމަކާ ހަނގުރާމަ ކުރަމުން ދާތަން އަހަރެންނަށް ފެނެއެވެ. އެހެން ކަމުން އަނެއްކާވެސް އަހަރެން ބުނީމެވެ.“އެޑްރިއަންއެވެ. ތިވަރަށް ނަފްސަށް އުދަގޫ ވަމުންދާ ކަމެއްގެ ވާހަކަ އަހަރެން ކައިރީވެސް ބުނެބަލާށެވެ.އޭރުން ދެމީހުން އެކުގަ ތިޔަކަމަކާ ކުރިމަތިލެވިދާނެއެވެ.އެކަމަކު މިހާރުމިވާގޮތަށް ވާނުވާ ނޭނގި އަހަރެންނަށް ދެން ކެތެއް ނުކުރެވޭނެއެވެ.“ އަހަރެން މިހެން ބުނުމުން އެނދުގައި ތެދުވެ އިށީނެވެ.އަދި މަޑުމަޑުން އަހަރެންގެ ލޮލަށް ބަލާލިއެވެ.އަދި ބުނަން ފެށިއެވެ. ”އަހަރެންނަށް ވަރަށް ބޮޑުކަމެއް ކުރެވިއްޖެއެވެ.އަދި އެކަން މިއަންނަނީ މިއާ އަށް ސިއްރު ކުރަމުންނެވެ.މިހެންވެ އަހަރެން މިވަނީ ހަދާނެ ގޮތް ހުސްވެ ހާސްކަމުގެ ތެރޭގައެވެ.އެއީ އެއްގޮތަކަށްވެސް އަހަރެން ގަސްތުގަ ކުރި ކަމެއްނޫނެވެ. ވީ ކަމެކެވެ.“

ވާހަކަ ކުރިޔަށް ގެންދިއުމަށް ހިއްވަރުދިނުމުގެ ގޮތުން އަހަރެން ބޯޖަހާލީމެވެ.

”މިވާހަކަ ބުނާނެ ފަސޭހަ ގޮތެއް އަހަރެންނަކަށް ނޭގެއެވެ.“ އަޑު ތުރުތުރު އަޅަމުން އޭނަ ބުންޏެވެ.“އަހަރެން ނަށް ވަނީ ލޯބީގެ ގޮތުން އެހެން އަންހެނަކާ ގުޅެވިފައެވެ.މީގެ 8މަސް ކުރިން ފެށިގެންނެވެ.އެއީ އަސްލު ހިނގައިގެން ވާނެ ކަމެއްނޫނެވެ.އެކަމަކު އެކަން ހިނގައިފިއެވެ.އަހަރެން މިއާ ދެކެ އަދިވެސް ލޯބި ވެއެވެ.“

މިވާހަކަތައް އިވުމުން އަހަރެންގެ ގައިގަ ހީވީ މީހަކު ބާރަށް ޖެހި ހެންނެވެ.އަހަރެންނަށް ނޭވާލާން އުނދަގޫ ވިއެވެ.ކޮޓަރިވެސް އެނބުރޭހެން ހީވިއެވެ.

އަހަރެންގެ އަޑު އެންމެ ފަހުން ނިކުތުމުން މަޑުމަޑުން އަހަރެން އަހާލީމެވެ. ”ތިޔަކަން ކުރި ސަބަބަކީ ކޮބާހެއްޔެވެ.؟“އަހަރެންގެ އަޑުވެސް ހީވީ އެހެން މީހެއްގެ އަޑުހެންނެވެ.“ފުރަތަމަވެސް ތިޔަކަމެއް ހިނގުމުން އެވާހަކަ އަހަރެން ކައިރީ ނުބުނެވުނީ ކީއްވެގެން ހެއްޔެވެ.އަދި ކުރިޔަށް ގެންދިޔައީ ކީއްވެގެން ހެއްޔެވެ؟އަހަރެން ހުތުރީ ހެއްޔެވެ.އަހަރެންގެ ހަށިގަނޑު ނުފުދެނީހެއްޔެވެ؟“

އޭނާ އެވަގުތު ދެއަތުގެ އިގިލިތައް ބޮލުގެ އިސްތަށިގަޑުތެރޭން ދުއްވާލިއިރު މޫނުމަތިން މާޔޫސްކަން ފެނުނެވެ.އަދި ބުންޏެވެ. ”އަހަރެންނަކަށް ދޭނެ ޖަވާބެއް ނޭގެއެވެ.ފުރަތަމަ އަހަރެން ހީކުރީ ސިއްރު ސިއްރުން ނިންމާލެވިދާނެކަމަށެވެ.އެއީ ހިނދު ކޮޅެއްގެ ކަމެއް ކަމަށެވެ.ނަމަވެސް މިއާ ކައިރީ ނުބުނެ ގިނަ ދުވަސް ވީވަރަކަށް ބުނަން އުނދަގޫ ވީއެވެ.އަހަރެން ބިރުގަތީއެވެ.އަހަރުމެން ދެމީހުން އެކުގައި އާރާސްތުކުރި ދުނިޔެ ފުނފުނޑުވެދާނެތީއެވެ.މިއާ ގެއްލިދާނެތީއެވެ. މިއަދު އޭނާވަނީ އަހަރެންގެ ދަރިއަކުވެސް ވިހާފައެވެ“

މިއަޑުއަހަރެންގެ ކަންފަތަށް އިވުނީ ހޮނުގުގުރިއެއްހެންނެވެ. އަހަރެން ދެކަކޫ ކޮޅަށް ޖަހާ ބާރަށް އަހަރެންގެ އަމިއްލަ ގައިގައި ބައްދާލީމެވެ. ހަލާކުވި ހިތުގެ އެތިކޮޅުތައް ފައިބައިގެން ނުދާ ވަރަށެވެ.ރޯންވެސް ނޭނގިފައި އެގޮތަށް އެތައް އިރަކު އަހަރެން އިނީމެވެ.

އެވަގުތު ކޮޓަރިތެރެޔަށް ވެރިވެފައި އޮތް ހިމޭންކަމުގައި އެތައް އަޑެއް އެކުލެވޭ ކަހަލައެވެ.ދެމީހުންވެސް ބުނަން ބޭނުންވެ ނުބުނެވިފަ ހުރި ވާހަކަތަކުގެ އަޑެވެ.  

އެއްވެސް މަގްބޫލް ސަބަބެއްނެތި އަހަރެންނަށް އޭޑްރިއަން ބޭވަފާތެރިވި ކަން އަހަރެންނަށް ބަލައެއް ނުގެނެވުނެވެ. އަހަރެން ބޭނުންވީ އޭނަހިތްއެދޭ މީހާއާއެކު އުޅެން އޭނަ ފޮނުވާށެވެ. އެހެން ކަމުން ވަރިވާން ފޯމު ލާ އެކަން ކުރިޔަށް ގެންދިޔައިމެވެ. ނަމަވެސް ކޯޓަށް ގޮސް ވަރީގެ ކަންތައް ނިންމި ދުވަހު ގާޒީގެ ކުރިމަތީ އަހަރެން ބުނީމެވެ.“އަޅުގަނޑު އިނީ އޭޑްރިއަންގެ ދަރިއަކަށް ބަލިވެއެވެ.އެހެން ވީމާ މިކަން ގާނޫނީ ކޯޓެއްގައި ހާމަކޮށް ރިކޯޑަށްޓަކާ ލިޔެފަ ބާއްވަން   އަޅުގަނޑުބޭނުމެވެ.“

މިއަޑު އިވި އޭޑްރިއަންވެސް ޝޮކަށް ދިޔަ ކަހަލައެވެ. ނަމަވެސް އަހަރެން އެވަގުތު އޭނާޔާ ދިމާލަށް  ބަލާލަންވެސް ބޭނުމެއް ނުވިއެވެ. ބާރަށް ހިނގާފަ ގޮސް ކޯޓުން ނިކުމެގެން އައީއެވެ.

އަހަރެން މުޅިދުނިޔޭންވެސް އެންމެ ބޭނުންވި ކަންތައް އަހަރެންނަށް މިއަދުލިބައިވީނަމަވެސް އެކަމުން ލިބެންޖެހޭ ފުރިހަމަ އުފަލެއް ނުލިބުނެވެ. ދަރިފުޅު އީމާންގެ މުސްތަގްބަލް އަށް ޓަކާ ވަރަށް ބޮޑަށް ވިސްނެއެވެ.

އަހަރެންގެ އެދުމަށް އަހަރެން ވަރިކޮށްފަ އެޑްރިއަން ދިޔަތާ ތިން އަހަރުވީއެވެ. އަހަރެން މަންމައާއި އާއިލާގެ ކުދިންގެ އެހީތެރިކަމާއި އެކު އަހަރެންނަށް ދަރިފުޅު ގެންގުޅެން އުނދަގުލެއް ނޫނޭނެވެ. އޮފީހަށް ދަމުންވެސް ދަނީ މަންމަގެޔަށް ދަރިފުޅު ލާފައެވެ.

މިހެން އުޅެނިކޮށް އެއްދުވަހަކު އެޑްރިއަން ކުޑަކުޑައަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން އައިސްބުންޏެވެ. ”މިއާ، މިއީ އަހަރެން އިން މީހާގެ ދަރިފުޅެވެ. މީނަ ދުވަސްކޮޅަކު ބަލާލަ ދެވިދާނެހެއްޔެވެ؟“

އަހަރެން އެކަމަށް އެއްބަހެއް ނުވަމެވެ.އަހަރެން ދޫކޮށް ދިޔައީ އެކުއްޖާ ގެ ހަޔާތް އާރާސްތު ކުރާށެވެ.އެހެން ވީއިރު އެކުއްޖާ އަހަރެން ބަލާދޭނީ ކިހިނެއް ހެއްޔެވެ.

އެކަމަކު އެކުޑަކުޑަ ކުއްޖާގެ އެއްވެސް ކުށެއް މިކަމަކު ނެތެވެ. އެކުއްޖާއަށް އަދަބު ލިބިގެން ނުވާނެއެވެ.

އަހަރެން އެކުއްޖާބަލާދޭން އެއްބަސް ނުވުމުން އެޑްރިއަން ހިނގައްޖެއެވެ.

އޭގެ އެއްމަސްދުވަސް ފަހުން އޭނާގެ އަންހެނުން އަހަރެންނަށް ފޯނުކުރިއެވެ. އޭޑްރިއަން ވީތަނެއް ނޭނގިގެން އުޅޭ ކަމަށް ބުންޏެވެ. ދެތިން ދުވަސް ފަހުން ފުލުހުންގެ ޓީމެއް ގެޔަށް އައެވެ.އޭޑްރިއަންގެ މަރުވެފައިވާ ހަށިގަޑު އޭނަގެ ކާރުގައި އޮއްވާފެނިފައިވާ ކަމަށް ބުންޏެވެ. އަދި އަހަރެންނަށް އެޑްރެސްކޮށް ފައިވާ ސިޓީއެއް ކާރުގައި އޮތް ކަމަށް ފުލުހުން ބުނެ ސިޓީ އަހަރެންގެ އަތަށް ދިނެވެ. އޭގައި ވެއެވެ.

”ލޯބިވާ މިއާއަށް، އަހަރެންނަށް ހެދުނު ގޯސް ފޮހެވިގެން ދާނެ އެއްކަމެއްވެސް ދުނިޔެއަކު ނުވެއެވެ.ވަރަށް ލަދުން ކަރުއެލުވާލައިގެން ހުރެ މިއާކައިރީ އަހަރެން ބުންނަ ބޭނުމެވެ.އަހަރެން އިންމީހާ ވިހެއީ އަހަރެންގެ ދަރިއެއް ނޫންކަމަށް އޭނަ ފަހުން އިއުތިރާފް ވެފައި ވެއެވެ. އަހަރުމެންގެ ރީތި ދިރިއުޅުން ހަލާކު ކޮށްލެވުނީ ކަސްބީ އަންހެނެއްގެ ދަޅައިގައި ޖެހިގެންނެވެ. ހިތާމައިގެ ކޮޅެއްނެތެވެ. އަހަރެން ނަށް މިވަގުތު ދެން ކުރެވޭނެ ކަމަކީ މިއާ ވިހޭ އަހަރެންގެ ދަރިފުޅު އީމާން އަށާ މިއާއަށް މާލީ އެހީއެއް ވެދިނުމެވެ. އަހަރެންގެ ގޯސްކަމުގެ ވާހަކަ ދަރިފުޅަށް ކިޔާ ނުދިނުން އެދެމެވެ.އަދި މިއާ ފަދަ ހިއްވަރުގަދަ މީހަކަށް އީމާން ހަދާނެ ކަމާމެދު އަހަރެން ޝައްކެއް ނުކުރަމެވެ. އަހަރެންނަށް މައާފް ކުރާށެވެ.މިސިޓީއާއެކު އީމާންގެ ނަމުގައި ހަދާފައިވާ ތައުލީމީ ފަންޑުގެ ލިއުންތަކާ އަދި ބޭންކް ލިއުންތައް ހުންނާނެއެވެ. ފަންޑަށް ވާނީ އެއްމިލިއަން ރުފިޔާ ޖަމާކޮށްފައެވެ. ރަގަޅަށް ދަރިފުޅުބަލާދެއްޗެވެ. މިއާ އަށާ ދަރިފުޅު އީމާން އަށް އަލްވަދާޢު އެވެ.  

މިއާ ދެކެ އެންމެ ލޯބިވި އެޑް.“

Loading

Leave a Reply

ފަހުގެ އަޕްޑޭޓް