ދުނިޔޭގައި ދެވަނަޔަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ޗައިނާގައި އާބާދީ އިތުރު ކުރުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން ފިޔަވަޅު ތަކެއް އަޅައިފިއެވެ.
މިގޮތުން ޖެނުއަރީ 1ވަނަ ދުވަހުން ފެށިގެން ”ކޮންޓްރަސެޕްޓިވްސް“ ނުވަ ދޭތެރެ ދުރުކުރާ ބާވަތް ތަކުން 13 އިންސައްތައިގެ ޓެކްސް އެއް ނަގާނެކަން ވަނީ އިއުލާން ކޮށްފައެވެ. އަދި ”ޗައިލްޑް ކެއާ“ ނުވަތަ ކުދިން ބެލުމަށް އުޖޫރައެއް ދިނުން ލާޒިމް ނޫންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
1994 ވަނަ އަހަރުން ފެށިގެން ޗައިނާގައި ހިންގަމުން އައީ ވަން ޗައިލްޑް ރޫލް އެވެ. ނުވަތަ ކޮންމެ ދެމަފިރިއަކަށް ހޯދޭނީ އެންމެ ކުއްޖެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު މިގަވާއިދަށް ބަދަލުގެނެސްފައިވާކަން ސަރުކާރުން އިއުލާން ކޮށްފައި ވެއެވެ. މިއާއެކު އޭރު މަނާކުރެވުނު ކަންތައްތަކަށް ވަނީ ލުއި ތަކެއް ދީފައެވެ. މިގޮތުން ކައިވެންޏަށް ކުރާ ޚަރަދުތަކާ އަދި މުސްކުޅިން ބެލުމަށް ހިގާ ޚަރަދުން ނަގާ ވެލިއު އެޑަޑް ޓެކްސް ވަނީ އުނި ކޮށްފައެވެ. މާމަ/ކާފަ ދަރިން ބަލަން ދެމަފިރިންގެ މައިންބަފައިނަށް ތިބެން ނުޖެހޭ އިސޫލުތައް ބަދަލުކޮށް އެފަދަ ފަރާތްތަކަށް ފައިސާގެ އެހީތަކެއް ވެދެވޭނެކަން ވަނީ އިއުލާން ކޮށްފައެވެ.
ޗައިނާގައި ތިރީސް އަހަރަށް ވުރެ ގިނަ ދުވަހު ހިންގަމުން އައި ”ވަން ޗައިލްޑް ރޫލް“ ގެ ސަބަބުން އެގައުމުގައިވަނީ މުސްކުޅިންގެ އާބާދީ އިތުރު ވެގެން ގޮސްފައެވެ.މިއާއެކު ޒުވާނުން ކައިވެނި ކޮށް އިތުރު ކުދިން ހޯދުމަށް ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ.
![]()
