ޔުކްރެއިން ސުލްހައިގެ ވާހަކަތައް ފެށެން ތައްޔާރުވެފައިވަނިކޮށް ރަޝިޔާގެ ވަރުގަދަ ހަމަލާއެއް

Loading

Facebook
Twitter
WhatsApp


ރަޝިޔާއިން އޮތީ ރައީސް ޓްރަމްޕްގެ ހުށައެޅުމާއެއްގޮތަށް ޔޫކްރެއިނާއެކު ސުލްހަ ގާއިމްކުރަން ފުރިހަމައަށް ތައްޔާރަށް ކަމުގައި ޔޫކްރެއިންގެ ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާގެ ރައީސް ކަނޑައަޅުއްވާފައިވާ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޯފް ވިދާޅުވެ ސުލްހައިގެ ވާހަކަތައް ފެށެން ތައްޔާރު ވެފައިވަނިކޮށް ޓްރަމްޕްގެ ހުށައެޅުން ގަބޫލު ނުކުރާކަން ދެއްކުމުގެގޮތުން މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވަށް ހަމަލާތަކެއް ދީ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

މި ހަމަލާތައް ދިނުމަށް 500 ވަރަކަށް ޑްރޯނާއި ސާޅީހަކަށް ކިންޒަލް މަރުކާގެ މިސައިލް ބޭނުންކޮށްފައިވާ ކަމަށާއި މިއީ ހަނގުރާމައިގާ ރަޝިޔާއިން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާކަމަށް ކީވް އާއި ލަންޑަނުން ލިބިފައިވާ ޚަބަރުތަކުގައި ބުނެފައިވެއެވެ. ހަމަލާތަށް އަމާޒުކޮށްފައިވަނީ ޕަވަރ ސްޓޭޝަންތަކަށާއި ކީވްގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށް ކަމުގައި ކީވްގެ އޮފިޝަލުން ބުނެފައިވެއެވެ. އަދި މިހަމަލާގައި 2 ކުޑަކުދިން ހިމެނޭގޮތައި 22 މީހަކަށް އަނިޔާލިބި 12 މީހަކު ހޮސްޕިޓަލްގައި ވަނީ އެޑްމިޓް ކޮށްފައެވެ. އަދި އަންހެނަކު މަރުވެފައިވާ ކަމަށާއި ވީރާނާކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި މީހުންތާށިވެފައި ތިބެދާނެކަމަށް ބަލައި އެމިހުން ފެނޭތޯ ގެންދަނީ އަތްފުނާއަޅަމުންނެވެ.
ރަޝިޔާއިން ދިން ހަމަލާއާއި ގުޅިގެން ގިނަ އަދަދެއްގެ ސްކޫލްތަކުންނާއި 2600 އެޕާރޓްމެންޓް ބިލްޑިންގ އާއި 320000 އާންމުގެ ގެދޮރަށް ކަރަންޓް ލިބޭނެގޮތެއްވަނީ ނެތިފައެވެ.
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އެމެރިކާއަށް ވަޑައިގަންނަވާ ދަތުރުމަތީގައި ހުންނަވާފައި ވަޓްސްއެޕް މެދުވެރިކޮށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ވަރުގަދައަކަށް ޔޫކްރެއިން ދިފާއު ކުރެވޭނޭ އިންތިޒާމް ހަމަޖެހޭ ދުވަހަކާ ހަމަޔަށް ރަޝިޔާއިން ސުލްހައިގެ މޭޒަށް ނުގެނެވޭނެކަމަށެވެ. ރައީސް ޕޫޓިންގެ މަޝަވަރާތަކުގައި ވާހަކަދައްކަނީ ޑެގަރ މިސައިލްތަކާއި ޝާހިދް ޑްރޯންތައް ކަމަށްވެސް ރައީސް ޒެލެންސްކީ ޓެލިގްރާމް މެދުވެރިކޮށް ވިދާޅުވެފައިވެއެވެ.
ހަނގުރާމަހުއްޓާލައި ސުލްހައިގެ ވާހަކަތައް ދައްކާއިރު ކަރުގައި ތާށިވެފާހުރި ކަށްޓަކީ އަދިވެސް ޑޮންބަސްގެ މައްސަލައެވެ. އެ ސަރަހައްދަކީ ފްރީ އިކޮނޮމިކްޒޯނެއް ކަމުގައި ކަނޑައެޅުން ބުއްދިވެރިކަމަށް ރައީސް ޒެލެންސްކީ ތާއީދުކުރައްވާކަން ވަނީ ހާމަކުރައްވާފައެވެ. އަދި މިހާރު ޔޫކްރެއިނުން އެމެރިކާއާއެކު މަޝްވަރާ ކުރެވެމުންދާ 20 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމުގެ ބޮޑުބައެއް ވަނީ ނިމިފައިކަމަށްވެސް ވިދާޅުވިއެވެ.
މިދިޔަ އާދީއްތަދުވަހު ރައީސް ޓްރަމްޕާ އެމަނިކުފާނުގެ ރިސޯޓުގައި ރައީސް ޒެލެންސްކީ އާއެކު ބޭއްވި ސުލްހައިގެ މަޝްވަރާތަކުންވެސް ރަނގަޅު ނަތީޖާއަކާހަމަޔަށް ދެވުނުކަމަކަށް ނުވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް