ބަނގުުރާ ގެންގުޅުމުގެ ތުހުމަތުގައި ނޭޕާލު ބަޔަކު ހައްޔަރުކޮށްފި

Loading

December 30, 2025
profile
Facebook
Twitter
WhatsApp

ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލު 6 މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޗައުދަރީ ސްރެންދްރަ (43އ) އާއި ސުގަންދަ ކުމާރު ޗައުދަރީ (28އ) އާއި ޗައުދަރީ (24އ) އާއި މަކަރް ބަހާދުރް ޓަމަންގް (27އ) އާއި ބިޝްވަނާތް ޗައުދަރީ (37އ) އާއި ރަމްރި މާޔާ ވައިބާ (27އ) އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ޑިސެންބަރު 28ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މި މީހުން ހައްޔަރުކޮށް، މާފަންނު ގެއަކާއި ކެފޭއެއް ބަލައިފާސްކޮށްފައި ވާކަމަށެވެ.

އަދި، މިގޮތުން ބަލައިފާސްކުރި ކުރުމުގައި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ 21 ފުޅި ފެނިފައިވާކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރި 6 މީހުންވެސް ޑީޕޯޓުކުރުމަށް އިމުގްރޭޝަނާ ހަވާލުކޮށްފައި ވާކަމަށް ދިވެހި ފުލުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް