އިސްރާައީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށްދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާއިން ޝަހީދުވީ މީހުންގެ އަދަދު 71،266 އަށް އަރައިފިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އާއި އިޒްރޭލާ ދެމެދު ފެށި ހަނގުރާމައިގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ 71،266 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އަދި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 171،222 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް އިސްރާއިލާ ހަމާސްއާ ދެމެދު ވީ އެއްބަސްވުމަށްފަހު ވެސް އިސްރާއިލުން ދިން ހަމަލާތަކުގައި މިހާތަނަށް 414 މީހުން މަރުވެ 1،145 މީހުން ވަނީ ޒަޚަމްވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން އެ މުއްދަތުގެ ތެރޭގައި 680 ޝަހީދުންގެ ހަށިތައް އެކި ތަންތަނުން ފެނިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
![]()
