ކ. ހުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ހުރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުالله ނާޘިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމާއ،ި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދު އާއ،ި ހުރާ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ އެމްޓީސީސީ އާއި ހަވާލުކޮށްގެނެވެ.
ހެލްތު މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން 15,650 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 16 އެނދުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ހަދާނެ ކަމަށެވެ.
އަދި މިއިން ކޮންމެ ފަންގިފިލާއެއްގައި 7825 އަކަފޫޓު ހުންނާނެ ކަމަށާއި މީގެ އިތުރުނ،ް ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތާއ،ި ކޮންކްރީޓް މަސައްކަތާއ،ި މޭސަނަރީ މަސައްކަތާއ،ި ޓައިލްސް ޖެހުމުގެ މަސައްކަތާއ،ި ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތާއ،ި ދަވާދު ލުމާއ،ި ހައިޑްރޯލިކްސް އަދި ޑްރޭއިނޭޖްގެ މަސައްކަތާއ،ި ކަރަންޓު ވަޔަރުކުރުމާއ،ި މެޑިކަލް ގޭސް ސިސްޓަމެއް ބެހެއްޓުމާއ،ި އެއަރ ކޮންޑިޝަން ހަރުކުރުމާއ،ި އަލިފާން ނިއްވުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
360 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 27.23 މިލިއަން ރުފިޔާއަށެވެ.
![]()
