ސޮމާލީ ލޭންޑްގެ ސަރުކާރު އެންމެފުރަތަމަ ގަބޫލުކުރި ސަރުކާރަކަށް އިސްރާއީލް

Loading

Facebook
Twitter
WhatsApp

ތިރީސް އަހަރުވަންދެން ސޮމާލިއާއިން ވަކިވެގަތުމަށް ހަނގުރާކުރަމުންގެންދިޔަ ރައީސް އަބްދިއްރަޙްމާނު މުހަންމަދު އަބްދި ﷲ ގެ ސަރުކާރު އެންމެ ފުރަތަމަ ގަބޫލުކުރި ގައުމަކަށް އިސްރާއީލް ވެއްޖެއެވެ. މިދިޔަ ހުކުރު ދުވަހު ސޮމާލީލޭންޑް ސަރުކާރުން އިސްރާއީލު ސަރުކާރާއިއެކު ސޮއިކުރި ސިޔާސީ ގަރާރާބެހޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ ސޮމާލީލޭންޑްގެ ސަރުކާރު އިސްރާއީލުން ބަލައިގަތުމަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އިސްނެގުމާއެކު ބައެއް އަރަބިގައުމުތަކާއެކު އިސްރާއީލުން ސިޔާސީގުޅުން ގާއިމް ކުރުމުގެ ސިލްސިލާއަށް އިތުރުކުރެވުނު ބޮޅެއްކަމަށެވެ.


ބައިނަލް އަގްވާމީ މީޑިއާތަކުން ހާމަކުރަމުންގެންދާ ގޮތުގައި ސޮމާލީލޭންދްގެ ސަރުކާރު އެމެރިކާއިން ގަބޫލެއް ނުކުރާނެއެވެ.
1991 ގައި ސޮމާލީލޭންޑް ސޮމާލިއާއިން ވަކިވެ އެހެން ސަރުކާރެއް އުފެއްދާފައިވާއިރު މިހާތަނަށް ބައިނަލް އަގްވާމީ އެއްވެސް އިދާރާއަކުން އަދި އެއްވެސް ގައުމަކުން އެ ސަރުކާރު ބަލައިގެންފައެއް ނުވެއެވެ.
ސޮމާލީ ލޭންޑްގެ ސަރުކާރު ގަބޫލުކުރުާއެކު ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ސޮމާލީލޭންޑުގެ ރައީސަށް ހޫނު މަރުހަބާއެއް ކިޔައި އިސްރާއީލަށް ވަޑައިގަތުމަށް ދައުވަތު ދީފައެވެ. އަދި 2 ގައުމު ގުޅިގެން ސަރަހައްދީ ހަމަޖެހުން ގާއިމްކުރުމަށްޓަކައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާގަކޮށްފައެވެ. އަދި ކައިރި މުސްތަގްބަލެއްގައި 2 ގައުމުގައިވެސް ސަފީރުންގެ އޮފީސް ހުޅުވިގެން ދާނެކަމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑޯން ސާރ ބުނެފައި ވެއެވެ. މި ވާހަކަތަކުގައި ސޮމާލީލޭންޑުގެ ރައީސް ވިދާޅުވެފައިވަނީ މިފެށުނީ 2 ގައުމަށްވެސް ވަރަށް ފައިދާކުރަނިވި ގުޅުމެއް ކަމަށާއި ވަރަށް އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.
އިސްރާއީލުން ސޮމާލީލޭންޑްގެ ސަރުކާރު ރަސްމީގޮތުން ގަބޫލުކުރާކަން އިއުލާންކުރުމާއެކު ސޮމާލިއާއިންވަނީ ނުރުހުން ފާޅުކޮށް ސޮމާލީލޭންޑަކީ ސޮމާލިއާއިން ވަކިނުކުރެވޭނެ ބައެއްކަން ހަނދާންކޮށްދީ އިސްރާއީޅުގެ އަމަލަކީ ޣައިރުގާނޫނީގޮތުން ސޮމާލިއާއަށްދިން ހަމަލާއެއް ކަމުގައި ބުނެފައެވެ.
ސޮމާލީލޭންޑުގެ ވަކި ސަރުކާރު އިސްރާއީލުން ގަބޫލުކުރުމާގުޅިގެން ސޮމާލިއާގެ އެއްބައިވަންތަކަން ދަމަހައްޓައި އެ ގައުމު ބައިބައިވެގެން ދިޔަ ނުދިނުމަށް އެދި ސޮމާލިއާގެ ޚާރިޖީ ވަޒީރު އަބްދި ސަލާމް އަބްދި އަލީ ފޯނުކުރައްވައި މިސްރާއި ތުރުކީ އަދި ޖިބޫތީގެ ޚާރިޖީ ވަޒީރުންނަށްވަނީ ދަންނަވާފައެވެ. ސޮމާލިއާގެ ޚާރިޖީ ވަޒީރާއެކު ދެއްކެވި ވާހަކަފުޅާ ގުޅިގެން ސޮމާލިއާ އެގޮތަށް ބައިބައިކޮށްލުމުގެ ނުރައްކާތެރިކަމާއި ޔުނައިޓެޑް ނޭޝަންސްގެ ޗާޓަރުގެ ދަށުން އެގޮތަށް ކަންތައް ނުކުރެވޭނެކަން ވަނީ މިސްރުގެ ޚާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ބައިނަލް އަގްވާމީ ގާނޫނުތަކުގެ މައިގަނޑު އަސާސަކީ ގައުމުތަކުގެ އިސްތިގްލާލާއި ސަރަހައްދީ އިންތަކަށް ހުރުމަތްތެރިކޮށް ހިތުން ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސޮމާލީލޭންޑް ކަމަށް ކަނޑައަޅާފައިވަނީ ސޮމާލިއާގެ ގަލްފް އޮފް އަދަނާވީ ފަރާތް ކަމަށްވެފައި އެ ސަރަހައްދުން އިތިއޯޕިއާއަށް ކަނޑުމަގުން ބަނދަރެއް ދިނުން ޝަރުތުކޮށް 2024 ވަނައަހަރު ސޮމާލީލޭންޑްގެ ސަރުކާރު ގަބޫލުކުރުމުގެ ވިސްނުމެއް އެގައުމުން ގެންގުޅުނުކަމަށްވެއެވެ. އެހެންނަމަވެސް ސިޔާސީ ފިއްތުންތަކާހުރެ ފަހުން އެ ވިސްނުންވަނީ ދޫކޮށްލާފައެވެ. އެރިތުރިއާގެ އިން ވަކިކުރުމަށްފަހު އިތިއޯޕިއާއަކީ ކަނޑުމަގުން ބަނދަރެއް ލިބިފައިވާ ގައުމެއް ނޫނެވެ.
އިސްރާއީލުން ކުއްލިއަކަށް ސޮމާލީލޭންޑްގެ ސަރުކާރު ގަބޫލުކުރުމުގެ ފަހަތުގައި ފޮރުވިފައިއޮތީ އެ ގައުމު ގަލްފް އޮފް އޮމާނަށް ހުޅުވާލެވިފައި އޮތުމުގެ ސަބަބުން ރެޑްސީތެރެއިން ކުރެވޭ ދަތުރުތަކަށް ބާރުފޯރުވުމުގެ ފުރުސަތު ހުޅުވިގެންދާނެތީ ކަމަށްބުނެ ސިޔާސީ ތަޖްރިބާކާރުންގެ ވިސްނުން ހާމަކުރަމުން ގެންދާކަމަށް ބައިނަލް އަގްވާމީ މީޑިއާތަކުން ބުނެފައިވެއެވެ.
އިސްރާއީލުން ސޮމާލީލޭންޑްގެ ސަރުކާރު ގަބޫލުކުރުމުން ސައޫދީ އެރޭބިއާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ސޮމާލިއާއަށް ފުރިހަމައަށް ތާއީދުކުރާނެކަމަށާއި ސޮމާލިއާ ބައިކޮށްލުމަށް އެއްބަސް ނުވާނެކަން ހާމަކޮށްފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް