140,000ރ. ގެ އިންޖީނެއް ވަގަށް ނަގައި 1083 ރުފިޔާއަށް ވިއްކާލައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ 140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް ވަގަށް ނަގައިގެން 1083 ރުފިޔާއަށް ވިއްކާލާފައި ހުއްޓާ އެ ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މި ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައިހުރި 140،000 ރުފިޔާގެ އަގުހުރި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ހުޅުމާލެ ފޭސް 1 ޕޮލިސްގެ ޕެޓްރޯލް އެންޑް ރެެސްޕޮންސް އާއި އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދިޔަ މަސައްކަތުން ވަގަށް ނަގާފައިވާ އިންޖީނު ހޯދާވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ. ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ، މި މައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ބައު ދަގަނޑު ކިރާ ތަނެއް ބަލާފަސްކުރުމުގެ ތެރެއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ އެ ތަން ބަލައިފާސްކުރިއިރު، އިންޖީނު ބައެއް ބައިތައް ފެނިފައިވާ ކަމަށެވެ. އަދި ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ ބައު ދަނގަޑުގެ ގޮތުގައި ނުއަގުގަައި 1083 ރުފިޔާއަށް ވިއްކާލާފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ އިންޖީނު މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވެއެވެ. އަދި މި މައްސަލަ ހުޅުމާލެ 1 ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް