ހުޅުމާލެ ފޭސް 3 އިން ގޯތި ލިބުނު މީހުންގެ ގުރުއަތުލުން ފަށައިފި

Loading

Facebook
Twitter
WhatsApp

ބިންވެރިޔާ ސްކީމުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން މިއަދު ފަށައިފިއެވެ.

ފޭސް ތިނަކުން ދޫކުރި ގޯތިތައް ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންދަނީ ކަލާފާނު ސްކޫލްގައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރަން ހަމަޖެހިފައި ވަނީ 698 ގޯއްޗެވެ. އެގޮތުން 7 ސައިޒެއްގެ 698 ގޯތީގެ ގުރުއަތުލުމަށްވަނީ ނިންމާފައެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯތިލިބޭ ފަރާތްތަކަށް ލިބޭ ޕްލޮޓްގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދަނީ އެ މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ. އަދި ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ވަދެވޭނީ ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ގުރުއަތުނަގާ ނިމުމުން ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މަޢުލޫމާތު މިނިސްޓްރީން ފަހުން އިއުލާނުކުރާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް