ދަންވަރު ވަގުތު ބޭރުތެރޭގައި އުޅޭ ބިދޭސީން ހުއްޓުވައި ފިޔަވަޅުއެޅުމަށް ރައީސް އަންގަވައިފި

Loading

December 17, 2025
profile
Facebook
Twitter
WhatsApp

ދަންވަރު 12.00އާ ހެނދުނު 6.00އާ ދެމެދު ބޭރުތެރޭގައި އުޅޭ ބިދޭސީން ހުއްޓުވައި، ފިޔަވަޅު އަޅަންޖެހޭނަމަ އެކަން ކުުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.

މިކަން ހާމަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، މިގޮތަށް މިކަން ކުރުމަށް އެންގެވީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް އުޅެމުންދާތީއާއި، އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ކުރަމުންދާކަން ފާހަގަކުރެވިފައިވާތީ ކަމަށެވެ.

އެހެންކަމާއެކު، އެ ވަގުތުގެ ތެރޭގައި ބޭރުތެރޭގައި އުޅޭ ބިދޭސީންނާ ސުވާލުކޮށް، އަދި ފާހަގަކުރެވޭ ކަންކަމާ ގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމަށް އެމަނިކުފާނު ވަނީ ދިވެހި ފުލުހުންނާއި އަދި ކަމާބެހޭ އެހެނިހެން މުއައްސަސާތަކަށް އަންގަވާފައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަކީ މީގެ ފަނަރަވަރަކަށް އަހަރު ކުރިން ފެށިގެންވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.

މީގެ ތެރޭގައި ހިމެނޭ ބިދޭސީން ހުއްދަނެތި އެކި ވިޔަފާރިތައް ހިންގުމުން ފެށިގެން، މީހުން މެރުން ފަދަ އެކި ޖަރީމާތަކުގައި ބައިވެރިވާކަމީ މިއަދު މި ރާއްޖެއަށް ދިމާވެފައިވާ ހައްލުކުރަން ދަތި އެންމެ ބޮޑު މައްސަލައަށް ވަނީ ވެފައެވެ.

މިފަދަ ކަންކަމުގައި ވަކި ގައުމެއް އަދި ވަކި ޖިންސެއްވެސް އިސްތިސްނާނުވާކަން ފުލުހުންނަށް ހުށަހެޅޭ އެކި މައްސަލަތަކުން ފާހަގަވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް