”އަހަރެންގެ އުމުރަކީ ހަތް އަހަރެވެ. އަހަރެންނަށް ވަނީ ކެންސަރު ޖެހިފައެވެ. އަހަރެންގެ ފުރާނަ ސަލާމަތް ކޮށް ދިނުމަށް އެހީތެރިވެދޭށެވެ.“ ބޮލުގަ އިސްތަށިނެތް ކުޑަ ފިރިހެން ކުއްޖަކު ރޮމުން ރޮމުން ބުނާ ވީޑިއޯ އެއް 2024 ވަނަ އަހަރު އިންޓަރނެޓްގައި ވައިރަލް ވިއެވެ. މިއާއެކު އެކިފަރާތްތަކުން ފައިސާފޮނުވަން ފެށުމާއިއެކު ދާދި އަވަހަށް 27ހާސް ޑޮލަރު ޖަމާވިއެވެ. ނަމަވެސް ވީޑިއޯ ހެދުމުގެ ފީއެއްގެ ގޮތުގައި ފުރަތަމަ ދިން 700ޑޮލަރު ފިޔަވާ އެއްވެސް ފައިސާއެއް ބަލިކުއްޖާ ޚަލީލްގެ އާއިލާއަށް ނުލިބޭ ކަމަށް އާއިލާއިން ބުނެފައިވެއެވެ. ވީޑިއޯ ނެގިމީހުން ބުނި ކަމަށްވަނީ ކެމްޕެއިން ފެއިލްވީ ކަމަށެވެ. އަދި އެ ވީޑިއޯ އަށް އެއްވެސް ފައިސާއެއް ނުލިބުނުކަމަށެވެ.
ވީޑިއޯ ނެގިތާ އެއްއަހަރުފަހުން ޚަލީލްވަނީ އެބަލީގައި މަރުވެފައެވެ.ޚަލީލްގެ މަންމަ އަޖްލީން ބުނީ އެފައިސާ އޭނަގެ ދަރިފުޅުގެ ފަރުވާއަށް ލިބުނުނަމަ މިއަދުއެކުއްޖާ ދުނިޔޭގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
އަޖްލީން ކިޔާދިން ގޮތުގައި އެފަދަ ކެމްޕެއިން ވީޑިއޯ އެއްހަދަން އޭނާގެ ދަރިފުޅު އެންމެ ފުރަތަމަ ވެސް ގަބޫލެއްނޫނެވެ. ނަމަވެސް ފަރުވާ ފުރިހަމަ ކުރުމަށް ވަރަށް ގިނަ ފައިސާލިބޭނެ ކަމަށް ބުނުމުން އެއްބަސް ވިއެވެ.އަދި ވީޑިއޯ އަށްޓަކާ އެކުއްޖާގެ ބޯ އެމީހުން ބޭލީ ކަމަށާ އަދި ރޮއްވީވެސް ފިޔަޔާ،ކާފޫރު ފަދަ އާވިއަރާ އެއްޗެތި ބޭނުން ކޮށްގެން ގަދަކަމުން ކަމަށް އާއިލާއިން ބުނެފައިވެއެވެ.އަދި އެދުވަހަކީ ބަލިކުއްކާ ޚަލީލްގެ އުފަން ދުވަސްކަމަށް ހަދާ،ފުއްޕާހަންތަކެއް އެލުވާ އާއިލާމެމްބަރުންވެސް ކެޕް އަޅުވާ ހަދާފައިވެއެވެ.
ޚަލީލްގެ ކެމްޕެއިނަށް ފައިސާ ނުލިބޭކަމަށް އެކަން ކުރި ފަރާތްތަކުން ބުނިނަމަވެސް އަދިވެސް އެޕޯސްޓް އޮންލައިނުން ނުނަގާކަމަށް ވެއެވެ.އަދި އެމީހުން ދަނީ އޭގެ ފައިދާ ނަގަމުންނެވެ.
ބީބީސީ އިން ހެދި ރިޕޯޓަކަށް މައުލޫމާތު އެއްކުރުމުގެ ތެރޭން މިމަޅީގައި ޖެހުނު 15 އާއިލާ އެއް ފާހަގަވެފައިވާ ކަމަށް އެފަރާތުން ބުނެއެވެ. މިފަދަ ނުވަ އާއިލާ އަކަށް ކުރިމަތިލާން ޖެހުނީ އެއްބަޔަކާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓް ބުނެއެވެ. މިނުވަ ކުދިންނަށް ފަރުވާ ދިނުމަށްކަމަށްބުނެ ހަތަރު މިލިއަން ޑޮލަރު ސްކޭމް ނެޓްވަރކުން ޖަމާކޮށްފައިވާ ކަމަށް ވެއެވެ.
މި ސްކޭމް ނެޓްވަރކުގެ ތެރޭގައި ހިމެނުނު ވިސްލް ބްލޯވަރަކު މައުލޫމާތު ދިން ގޮތުގައި އެމީހުން ހޯދަނީ ސިފަރީތިކޮން ތިބޭ،އުމުރުން ތިން އަހަރާ ނުވައަހަރާ ދެމެދުގެ ބޮލުގަ އިސްތަށިނެތް ކުދިންނެވެ. އެމީހުން ހޮވާ ކުދިންގެ ބޮލުގައި އިސްތަށި ހުރިނަމަ ބޯބާލުވައެވެ.
ބީބީސީގެ ފަރާތުން ހޯދި ހޯދުމުން، ސްކޭމް ގްރޫޕްގެ އިސްމީހުންގެ ތެރޭގައި ކެނެޑާގައި ދިރިއުޅެމުން ގެންދާ އިޒްރޭލުގެ ރައްޔިތަކު ހިމެނެއެވެ.އޭނާގެ ނަމަކީ އެރޭޒް ހަންޑާރީއެވެ.
ފައިސާއަށް އެދި އާދޭސް ކުރަމުންގެންދާ ބަލި ކުދިންގެ،އެއްފާޑަކަށް ހަދާފަހުންނަ ވީޑިއޯތަކަށް ސަމާލުކަން އައިސް، އެކަމުގައި ގޯހެއް އެބައުޅޭކަމަށް ޝައްކު ކުރެވިގެން 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ބީބީސީ އިން ”އިންވެސްޓިގޭޓް“ ކުރަން ފެށިއެވެ.
ހޯދުންތަކުން ހާމަވެފައިވާ ގޮތުގައި އެންމެ ބޮޑަށް އިންޓަނޭޝަނަލް ސަޕޯޓް ލިބިފައިވާ އެއްޖަމާއަތަކީ ”ޗާންސް ފޮ ހޯޕް“ ކިޔާ ގްރޫޕެކެވެ. މިގްރޫޕް އިޒްރޭލް އަދި އެމެރިކާގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.
ވީޑިއޯ ތަކުގައި ފެންނަ ކުދިން ހޯދުމަށް ”ޖިއޯލޮކޭޝަން“،“ފޭޝަލް ރިކޮގްނިޝަން“ފަދަ ތެކްނޮލޮޖީގެ އިތުރުން ސޯޝަލް މީޑިޔާ ފަދަ ވަސީލަތްތައް ބޭނުން ކުރެވުނެވެ. މިގޮތުން ހޯދުނު ކުދިން ކޮލަމްބިޔާ އަދި ފިލިޕީންސް ފަދަ ގައުމުތަކަށްވެސް ނިސްބަތްވެއެވެ.ކެމްޕެއިން ވެބްސައިޓް ތަކުގެ ލޮކޭޝަން ޔަގީން ކުރުމަށް ދީފައިވާ ނަމަބްރުތަކަށް ފައިސާ ހަދިޔާ ކޮށްގެންވެސް ބެލިކަމަށް ރިޕޯޓް ބުނެއެވެ.މިގޮތަށް ފައިސާ ދިނުމުން ވެބަސައިޓުން ދައްކާ އަދަދު ،އިތުރުވާކަމަށް ބުނެފައި ވެއެވެ.
އަދި އެލެކްޒެންޑަރ ކިޔާ ބަލިކުއްޖަކަށް 180 ޑޮލަރު ހަދިޔާކުރި މީހަކަށް، އިތުރަށް އަދި ދިނުމަށް އެދި އާދޭސް ކުރެވުނު ކަމަށްވެއެވެ.އަދި މިގޮތަށް އެދެނީ އެކްޒެންޑަރ އަދި އޭނާގެ ބައްޕަ ކަމަށް ހީވާ ގޮތަށް ކަމަށް ވެއެވެ.
މިރިޕޯޓްގައި ފުރަތަމަ ގެނެސް ދެވުނު ބަލިކުއްޖާ،ފިލިޕީންސް އަށް ނިސްބަތްވާ ޚަލީލް ބަލިވީ އޭނާގެ ހަތްވަނަ އުފަންދުވަސް ފާހަގަ ކުރިތާ މާގިނަ ދުވަހެއް ނުވެއެވެ. އަދި ދަރިފުޅަށް ޖެހުނީ ކެންސަރުކަން އެނގުމުން އެމީހުންގެ ދުނިޔެ ހުއްޓިގެން ދިޔަކަށް މަންމަ އަޖިލީން ބުނެފައިވެއެވެ. އެމީހުން ވަގުތުން އަމިއްލަ ރަށް ސޭބޫ ގެ ހޮސްޕިޓަލުން ފަރުވާ ފެށިނަމަވެސް ފަރުވާ ވަރަށް ލަސްކަމަށް ބުނެފައިވެއެވެ. މިކަމުގައި އެހީވެދޭނެކަމަށް ފެނުނު އެންމެނާ ގުޅަމުން ދިޔަކަމަށާ އެތަނުން އެކަކު ގުޅުވާދިން މީހަކު، ޚަލީލްގެ ވީޑިއޯ އަކަށް އެދުނު ކަމަށް ވެއެވެ.އަޖިލީން ބުނިގޮތުގައި އޭރު ނެގުނީ އޮޑިޝަން ވީޑިއޯ ކަމަށް މިހާރު ގަބޫލު ކުރެވެއެވެ.
އޭގެ ފަހުން ކެނެޑާ އިން މީހަކު އައިސް އޭނާގެ ނަމަކީ އެރޭޒް ކަމަށް ބުނެ ތައާރަފްވި ކަމަށް ވެއެވެ. އަދި ފިލްމިންގ ފީ އެއްގެ ގޮތުގައި 700 ޑޮލަރު ދިނީވެސް އެރޭޒް ކަމަށް މަންމަ ބުނެފައިވެއެވެ.އަދި ފައިސާ ލިބެން ފެށުމުން އެއްމަސްފަހުން 1،500ޑޮލަރު ދޭނެކަމަށް ބުނި ކަމަށް ވެއެވެ.
ލޯކަލް ހޮސްޕިޓަލެއްގައި ނެގި ޚަލީލްގެ ފިލްމް ޑައިރެކްޓް ކުރީ އެރޭޒް ކަމަށް ވެއެވެ. މިކަމަށް އެމީހުން 12 ގަޑިއިރު ނެގިކަމަށް ވެއެވެ.އެކިފަހަރު އެކި ހެދުމުގައި އެކި ތަންތަކުގައި ވީޑިއޯ ނެގިއިރު، ޚަލީލް ކިޔަން ޖެހެނީ އެމީހުން ބުނާ ޖުމްލަ ތަކެކެވެ. ރޮއްވަނީ ގަދަކަމުންނެވެ.
އެތައްމަހެއް ފަހުންވެސް ހަބަރެއް ނުވުމުން އެރޭޒް އަށް މެސެޖް ކުރުމުން ބުނި ކަމަށް ވަނީ ވީޑިއޯ ކާމިޔާބް ނުވި ކަމަށެވެ. އެހެން ކަމުން މަންމަ ހީކުރީ ވީޑިއޯ އަށް ފައިސާނުލިބުނު ކަމަށެވެ.
ބިބީސީގެ ހޯދުން ތަކަށް ހާމަވެފައިވާ ގޮތުގައި ”ޗާންސް ފޮ ހޯޕް“ ރަޖިސްޓްރީ ކުރި މީހުންގެ ތެރޭގައި އެރޭޒް ކިޔާ މީހަކު ނުހިމެނެއެވެ. ނަމަވެސް ހަމަ އިޒްރޭލް އަދި އެމެރިކާގައި ރަޖިސްޓްރީ ކޮށްފައިވާ އެހެން ގްރޫޕެއްކަމަށްވާ ”ވޯލްސް އޮފް ހޯޕް“ ގެ ޑިރެކްޓަރުންގެ ތެރޭގައި އެރޭޒް ހަޑާރީ ކިޔާ މީހަކު ހިމެނެއެވެ.
ސޯޝަލްމީޑިއާއިން ފެންނަންހުރި އެރޭޒްގެ ފޮޓޯތަކުން ފެންނަގޮތުގައި އޭނާ މިއާމީ، ނިއުޔޯކް އަދި ފިލިޕީންސްގައި ބާއްވާ ޔަހޫދީ ދީނީ އެވުންތަކުގައި ބައިވެރިވާތަން ފެނެއެވެ. އޭނާގެ ފޮޓޯ ބަލިކުއްޖާ ޚަލީލްގެ މަންމަ އަޖިލީން އަށް ދެއްކުމުން ބުނެފައިވަނީ އެއީ އެއާއިލާ އާއި ބައްދަލްކުރި މީހާ ކަމުގައެވެ.
ބީބީސީގެ ފަރާތުން އެރޭޒް ހަޑާރީ އާ ސުވާލުކުރުން ޖަވާބް ނުދިންކަމަށް ވެއެވެ.
ބީބީސީއިންވަނީ އޭނާ އިސްވެ ހުރެ ކެމްޕެއިންތައް ހިންގާފައިވާ އެހެން އާއިލާތަކާވެސް ބައްދަލް ކޮށްފައެވެ.މީގެ ތެރޭގައި ކޮލަމްބިއާ ގެ ވަރަށް ދުރު ހިސާބަކަށް ނިސްބަތްވާ ކުއްޖަކާ އަދި ޔުކްރެއިން އަށް ނިސްބަތްވާ ކުއްޖަކުވެސް ހިމެނެއެވެ.
މިއިން ކޮންމެތަނެއްގައިވެސް އެރަށެއްގެ މީހަކު މެދުވެރިއެއްގެ ގޮތުގައި ހުރެއެވެ.މިފަދަ މީހުން އައިސް ފަރުވާއަށް ފައިސާ ހޯދާދޭނެ ކަމަށް ބުނާކަމަށް ވެއެވެ. މިފަދަ ކޮންމެ އާއިލާއަކީވެސް މާލީގޮތުން މާތަނަވަސް ނޫން އާއިލާތައް ކަމުން އެމީހުންގެ މަޅީގައި ޖެހޭ ކަމަށް ވެއެވެ.
އަދި ފައިސާ ނުލިބިގެން ގުޅުމުން އެވީޑިއޯ އަޕްލޯޑްވެސް ނުކުރާ ކަމަށްބުނެ ރުޅިވެރި ޖަވާބުތައް ދޭކަމަށްވެއެވެ.
އެމީހުން އަޕްލޯޑް ނުކުރާކަމަށް ބުނި އެއްވީޑިއޯ އަކަށް 7000،000ޑޮލަރު، އެހެން ކެމްޕެއިން އަކަށް 250،000ޑޮލަރު، އަދި ތިންވަނަ ކެމްޕެއިންއަކަށް 280،000ޑޮލަރު ލިބިފައިވާ ކަމަށް ބީބީސީގެ ރިޕޯޓްގައި ބުނެފައިވެއެވެ.
މައުލޫމާތު : ބީބީސީ ރިޕޯޓް
![]()
