ގަނބައިގަތް ގޭގެ އެސެސްމަންޓެއް ހެދުމަށްޓަކައި އިމާރާތްކުރުން ހުއްޓުވައިފި

Loading

December 14, 2025
profile
Facebook
Twitter
WhatsApp

މާލޭގައި ގެއެއް އިމާރާތްކުރުމަށްޓަކައި ކޮންނަނިކޮށް ޖެހިގެން ހުރި ގެއެއް ގަނބައިގަތުމުގެ ސަބަބުން، އިމާރާތްކުރުމުގެ މަސައްކަތް ކައުންސިލުން ހުއްޓުވައި، އެސެސްމަންޓެއް ހަދަން އަންގައިފިއެވެ.

އިއްޔެ ހިނގި މި ހާދިސާ ހިނގާފައިވަނީ މާފަންނު ނަސީމީ ހިނގުމުގައި ހުންނަ ގެއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. ގަނބައިގެންފައިވަނީ އެ ގެއާ ޖެހިގެން ހުންނަ މ. އޭޑީރީޑުގޭގައި މީހުން ހިނގަން އޮންނަ ގޯޅިގަނޑުގެ ބައެކެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މާލެ ސިތީގެ މޭޔަރު އާދަމް ޢާޒިމާ ހަވާލާދީ ”މިހާރު“ ނޫހުން ބުނެފައިވަނީ، އެ ސަރަހައްދުގެ ހާލަތު ބައްލަވާލެއްވުމަށް އޭނާ އިއްޔެ ވަޑައިގަތް ކަމަށެވެ.

މޭޔަރާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދަނީ ގަވައިދާ އެއްގޮތަށްތޯ ކައުންސިލުން ބަލާނެ ކަމަށެވެ.

އިމާރާތްކުުރުމާ ގުޅޭ މަސައްކަތް ކުރަމުންދާއިރު ހިނގާ ހާދިސާތަކަކީ މާލޭގައި ވަރަށް ގިނައިން ހިނގަމުން އަންނަ ހާދިސާތަކެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް