މަޝްހޫރު ”ޝޮޕަހޯލިކް“ ސީރީޒް ގެ ލިއުންތެރިޔާ އުމުރުން 55 އަހަރުގައި މަރުވެއްޖެ

Loading

December 13, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ޒުވާނުންގެ މެދުގައި މަގްބޫލްކަން ލިބިގެންދިޔަ ”ޝޮޕަހޯލިކް“ ސީރީޒް ގެ ލިއުންތެރިޔާ ސޯފީ ކިންސެލާ އުމުރުން 55 އަހަރުގައި މަރުވެއްޖެއެވެ. އޭނާ މަރުވެފައިވަނީ ސިކުޑީގެ ކެންސަރު ޖެހިގެންނެވެ.  

ސޯފީ ކިންސެލާގެ ނަމުން މަޝްހޫރުވި ލިއުންތެރިޔާގެ އަސްލުނަމަކީ މެޑަލީން ސޯފީ ވިކްހަމްއެވެ. އޭނާޔަށް ޖެހުނު ބަލި ޑައެގްނޯސް ކުރެވުނީ 2022 ވަނަ އަހަރުއެވެ.

މިބަލީގައި އޭނާ މަރުވި ހަބަރު އިއުލާން ކުރަމުން ސޯފީގެ އާއިލާއިން ބުނެފައިވަނީ ޑިސެމްބަރު 11ވަނަ ދުވަހުގެ ހެނދުނު ސޯފީ މަރުވެފައިވާކަން އިއުލާނު ކުރަނީ ހިތާމައިން ހިތް ކުދިކުދިވެފައިވާ ހާލުގައި ކަމުގައެވެ.ސޯފިމަރުވެފައިވަނީ އޭނާގެ އާއިލާ ގެ ހާޒިރުގައި ވަރަށް ހިމޭން މަރަކުން ކަމަށް ބުނެފައިވެއެވެ.އަދި އޭނާގެ ފަހު ދުވަސްތައް ވެއަތު ކޮށްފައިވަނީވެސް އޭނާ ލޯބިކުރި މިޔުޒިކް އަދި އެހެންވެސް އޭނާއެދޭ ކަންކަމުގެ ތެރޭގައި ކަމަށް އާއިލާއިން ބުނެފައިވެއެވެ.

މީގެ އިތުރުން ސޯފީގެ އުފާވެރި މިޒާޖާއި ހަރަކާތް ތަކާނުލާ އާއިލާއިން ކުރިޔަށް ދާނެގޮތެއްވެސް ނޭގޭ ކަމަށް ބުނެފައިވެއެވެ.ސޯފީގެ ބަލިހާލަތާ ކުރިމަތިލީ އާދަޔާޚިލާފް ހިއްވަރަކާ އެކުކަމަށާ، ލިއުންތެރިކަމުގެ ކެރިއަރުގައި އޭނާއަށް ލިބުނު ލޯތްބާއި ސަޕޯޓްއާއި މެދު ސޯފީ ވަރަށް އުފާކުރިކަމަށް ބުނެފައިވެއެވެ.އަދި ހަޔާތުގައި އެއްވެސް ކަމެއް ”ގްރާންޓަޑް“ ކޮށް އޭނާ ނުނަގާކަމަށާ އެންމެންގެ ފަރާތުން ލިބުނު ލޯތްބާއި އެއްބާރުލުމަށް އަބަދުވެސް އޭނާ ޝުކުރުވެރިވާ ކަމަށް ބުނެފައިވެއެވެ. އަދި ހިތްތައް ކުދިކުދިވާމިންވަރަށް ސޯފީ ”މިސްވާނެ“ ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

ސޯފީ ކިންސެލާގެ އާއިލާ އިން ކުރި މިޕޯސްޓަށް މަޝްހޫރު އެތައް ލިއުންތެރިންނެއް ތައުޒިޔާކިޔާ ކޮމެންޓް ކޮށްފައި ވެއެވެ.

ސޯފީ ކިންސެލާ ގެ ފޮތްތަކުގެ 50 މިލިއަނެއްހާ ފޮތް ވިކިފައިވެއެވެ.އޭނާގެ ފޮތްތައް ދުނިޔޭގެ  ފަސްދޮޅަހަކަށް ގައުމުގެ 40 ބަހަކަށް ތަރުޖަމަކޮށްފައިވެއެވެ. އޭނާގެ ފޮތެއްގެ މައްޗަށް 2009 ވަނަ އަހަރު ފިލްމެއްވެސް ހަދާފައިވެއެވެ.

ސޯފީ ކިންސެލާ ގެ އެންމެ ފަހުފޮތް ”ވަޓް ޑަޒް އިޓް ފީލް ލައިކް“ ލިޔެފައިވަނީ އޭނާގެ ސާޖަރީ އަށް ފަހު ކަމަށް ވެއެވެ.މިދިޔަ އަހަރު ޕަބްލިޝް ކުރެވުނު ފޮތް ބިނާ ކޮށްފައިވަނީ ކެންސަރުބަލީގައި އޭނާއަށް ކުރެވުނު އިހުސާސް ތަކުގެ މައްޗަށް ކަމަށް ވެއެވެ.                               

Loading

Leave a Reply

ފަހުގެ އަޕްޑޭޓް