ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފުވެ، އިސްރާއީލުން ލުބްނާނުގެ ދެކުނަށް ހަމަލާތަކެއް ދީފި

Loading

Facebook
Twitter
WhatsApp

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފުވެ، އިސްރާއީލުން ލުބްނާނުގެ ދެކުނަށް ހަމަލާތަކެއް ދީފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރާ ހިލާފުވެ، އިސްރާއީލުން ލުބްނާނުގެ ދެކުނުގެ ސަރަހައްދަށް އިތުރު ހަމަލާތަކެއް ދީފައިވަނީ ހުކުރު ދުވަހުއެވެ.

އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުކުރު ދުވަހު އިޒްރޭލުން ވަނީ ލުބްނާނުގެ ދެކުނުގައި އޮންނަ އަލް ވަޒާނީ ސަރަހައްދާއި އަލް މަޖިދިއްޔާގެ ވަށައިގެންވާ ސަރަހައްދަށް ބަޑީގެ ހަމަލާތަކެއްދީފައެވެ.

ހަމައެހެންމެ ލުބްނާނުގެ ދެކުނުގެ ރާސް އަލް ނަކޫރާ އައްސޭރިފަށުން ލުބްނާނުގެ މަސްބޯޓުތަކަށް އިޒްރޭލުގެ އަސްކަރީ އުޅަނދުތަކުން ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައި ވެެއެވެ.

މީގެ އިތުރުން އިޒްރޭލުގެ މަތިންދާބޯޓެއް ލުބްނާނުގެ މަސްބޯޓެއް ކައިރިއަށް ބޮން އަޅާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް