މަސްވެރިކަމުގެ އުފެއްދުންތައް މާކެޓުކުރަން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މަސްވެރިކަމުގެ އުފެއްދުންތައް މާކެޓު ކުރުމަށް އެއްބަސްވުން އެކުލަވާލާ ސޮއި ކޮށްފައި ވަނީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނުން ޗައިނާގެ ހައިނަން އިންޓަރނޭޝަނަލް އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަން ލިމިޓެޑާއެކުއެވެ.

މި އެއްބަސްވުމުގައި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. މުޙައްމަދު އިބްރާހިމެވެ.

އަދި ޗައިނާގެ ހައިނަން އިންޓަރނޭޝަނަލް އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޕެޓްރިސިއާ ވެންގް މެއިހޮންގްއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ޗައިނާގައި މާކެޓު ކުރާނެއެވެ.

މިގޮތުން މި އެއްބަސްވުމުގެ ދަށުން ޗައިނާގެ އެކި ސިޓީތަކުގައި ރާއްޖޭގެ އުފެއްދުންތައް މާކެޓު ކުރާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް