އިންޑިއާގެ ގޯއާގެ ނައިޓްކްލަބެއްގައި އަލިފާންރޯވެ ޓުއަރިސްޓުން ހިމެނޭހެން 25 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ގޯއާގެ މަގްބޫލް ނައިޓް ކްލަބެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި 25 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. މަރުވި މީހުންގެތެރޭގައި ޓުއަރިސްޓުން ހިމެނޭ އިރު ދެން ގިނައިން ހިމެނެނީ އެތަނުގެ މުވައްޒަފުން ކަމަށް ވެއެވެ.

ހޮނިހިރު ދުވަހުގެރޭ ދަންވަރު 12 ޖަހާ އެހާކަންހާއިރު މިހާދިސާ ހިނގަން ދިމާވެފައިވަނީ ބަދިގޭގައި ބޭނުންކުރާ ގޭސް ސިލިންޑަރެއް ގޮވައިގެން ކަމަށް ގަބޫލުކުރެވޭ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އަލިފާންގަނޑު ބޮޑަށް ފެތުރިފައިވަނީވެސް ބަދިގެޔާ ބަދިގެ ވަށައިގެންވާ ސަރަހައްދުތަކުގައި ކަމަށް މަންޒަރު ދުށް މީހުން ބުނެފައި ވެއެވެ.

މަރުވި މީހުންގެ އިތުރުން ހަ މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާކަމަށް ޚަބަރު ލިބެއެވެ. ތިން މީހުން ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާއިރު އެހެން މީހުން މަރުވެފައިވަނީ ދުމުގެ ސަބަބުން ހާސްވެގެން ކަމަށް އޮފިޝަލުން ހާމަ ކޮށްފައި ވެއެވެ.

އިންޑިޔާގެ ގޯއާ އަކީ ޓުއަރިސްޓުންގެ މަގްބޫލް މަންޒިލަކަށްވާއިރު މިއަހަރުގެ ފުރަތަމަ 6މަސްދުވަހު 5.5 މިލިއަން ޓުއަރިސްޓުން ގޯއާއަށް ގޮސްފައިވެއެވެ. މީގެ ތެރެއިން 270،000 އަކީ ބޭރުގެ ޓުއަރިސްޓުންނެވެ.   

Loading

Leave a Reply

ފަހުގެ އަޕްޑޭޓް