ލަންކާއަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް ލިބުނު 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

ތޫފާން ދީތުވާގެ ސަބަބުން ލަންކާގެ ރައްޔިތުން ހާލުގައި ޖެހިފައިވާތީ އެ ގައުމަށް އެހީވުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިޔަށްގެންދިޔަ ޓެލެތޯނަށް ލިބުނު 12 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ގައުމާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ެއެ ފައިސާ ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.

އެ ޓެލެތޯން ކުރިއަށްގެންދިޔައީ ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ 37 މީޑިއާ އަކާ ގުޅިގެންނެވެ. އެ ޓެލެތޯން ފެށީ 30 ނޮވެމްބަރު ގައެވެ. އަދި އެ ހަރަކާތް ނިންމާލީ ޑިސެންބަރުމަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 14:00ގައެވެ.

އެ ޓެލެތޯނަށް ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ބައެއް ބޮޑެތި ވިޔަފާރިވެރިންނާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކާ އާންމު ފަރާތްތައް އަދި މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް