އިސްރާއީލުން ޣައްޒާއަށް ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ ނޫސްވެރިއަކު ޝަހީދުކޮށްލައިފި

Loading

Facebook
Twitter
WhatsApp

އިސްރާއީލުން ޣައްޒާއަށް ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ ނޫސްވެރިއަކު ޝަހީދުކޮށްލައިފިއެވެ.


މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލާފައި ވަނީ ފަލަސްތީނުގެ ފޮޓޯ ޖާނަލިސްޓެކެވެ.

އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ޝަހީދުކޮށްލާފައި ވަނީ މަހްމޫދު ވާދީ ނަމަކަށް ކިޔާ ފަލަސްތީނުގެ ނޫސްވެރިޔެކެވެ.
އިޒްރޭލުން ޣައްޒާއަށް އެ ގައުމުން ބޭރުގެ ނޫސްވެރިން އެތެރެވުން މަނާކޮށްފައި އޮތުމުން، ފަލަސްތީނުގެ ނޫސްވެރިންނަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން އަންނަ ޖަރީމާތައް ދުނިޔެއަށް ތިލަ ކޮށްދީ ހަނގުރާމަ ހިނގަމުން އަންނަ ސަރަހައްދުތަކުން ސީދާ މައުލޫމާތު ފޯރުކޮށްދޭ ހަމައެކަނި ވަސީލަތެވެ.

އެގޮތުން މި ހާދިސާއާ ގުޅިގެން ފެޑެރޭޝަން އޮފް ނިއުސް އެޖެންސީ އިސްލާމިކް ކޯޕަރޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ފެޑެރޭޝަނުން ބުނީ ފަލަސްތީނުގެ ޣައްޒާގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާ ކަނޑައެޅިގެން ހިލާފުކަންކަން ކަމަށެވެ.
ައިސްރާއީލުން ފަލަސްތީނުގެ ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދިނުން އެ ފެޑަރޭޝަނުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އަދި އިސްރާއީލުން ފަލަސްތީނުގެ ނޫސްވެރިން ޝަހީދުކުރަމުންދާތީ އެކަމުގެ ސަބަބުން ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅުމަށް މަގުފަހިވާކަމަށްވެސް އެ ފެޑަރޭޝަނުން ބުނެފައި ވެއެވެ.
މީގެ އިތުރުން އިސްރާއީލުން ނޫސްވެރިނަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ކޮންމެ ދުވަހަކު ހިނގާ އަނިޔާވެރި އަމަލުތައް ދުނިޔެއަށް ވަންހަނާވެ، އެ ސަރަހައްދުގެ މަޝްރަހުގެ ހަގީގަތް ބައިނަލްއަގުވާމީ އޯޑިއަންސަށް ފެތުރުމަށް ހުރަސް އެޅޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ފެށި ނަސްލު ނައްތާލުމުގެ ޖަރީމާގައި ފަލަސްތީނުގެ 70،000 އަށްވުރެ ގިނަ މީހުން ޝަހީފުކޮށް، އެތައް ހާހެއްހާ މީހުން ޒަހަމަކޮށް އެތައް ހާސްބައެއްގެ ގެދޮރު ވަނީ ސުންނާފަތިކޮށްލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް