ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި އެވެ.
އެ ފައިސާ ހަވާލުކޮށްފައި ވަނީ ލަންކާގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލު ކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު އެވެ.
ެއެ ރަސްމިއްޔާތުގައި ފައިސާގެ އެހީއާ ހަވާލުވެވަޑައިގަތުމަށް ފަހު، ލަންކާގެ ފޮރިން މިނިސްޓަރު ވަނީ އެ ގައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި އުނދަގޫ ހާލަތުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ އެހީއަކީ ދެ ގައުމުގެ ވަރުގަދަ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް ސަފީރު އެވެ.
ތޫފާން ދީތުވާގެ ސަބަބުން ލަންކާގެ ރައްޔިތުން ހާލުގައި ޖެހިފައިވާތީ ދިވެހި ސަރުކާރުން ނިންމާފައި ވަނީ ލަންކާ އަށް 50،000 ޑޮލަރުގެ އިތުރުން 25،000 ކޭސް މަސްދަޅު ވެސް ހަދިޔާ ކުރާށެވެ.
![]()
