ލަންކާއަށް އެހީވުމަށް ކުރިޔަށްގެންދިޔަ ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

ތޫފާން ”ދިތުވާ“ ގައި ލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެ ޤައުމަށް އެހީތެރިވުމަށް ދިވެހި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ސިލޯނާއެކު ދިވެހީން ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފިއެވެ.

މި އެހީ ޚާރިޖީ ވުޒާރާއާ ހަވާލުކުރީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީނެވެ. އަދި އެ ފައިސާއާ ޚާރިޖީ ވުޒާރާގެ ފަރާތުން ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ.

ސިލޯނާއެކު ދިވެހިން ޓެލެތޯނަށް ޖުމުލަ 800،352 ޑޮލަރު ލިބިފައިވެއެވެ.

37 މީޑިއާއެއް ގުޅިގެން ބޭއްވި މި ޓެލެތޯން ފެށީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ.

ޓެލެތޯން ނިންމާލީ ހޯމަދުވަހުގެ މެންދުރުފަހު 14:00ގައެވެ.

އެ ޓެލެތޯނަށް ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ބައެއް ބޮޑެތި ވިޔަފާރިވެރިންނާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކާ އާންމު ފަރާތްތައް އަދި މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް