ހުޅުމާލޭ ދެވަނަ ފިޔަވަހިން 14 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި, ގެއްލިގެން ހޯދަމުންދަނީ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) އެވެ.
އޭނާ ހޯދަން ފަށާފައިވަނީ, 2025 ނޮވެމްބަރު 28 ވަނަ ދުވަހުގެ 5.55ގައި ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ޢާއިލާއިން ރިޕޯޓުކުރުމާ ގުޅިގެން ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
ޝިބާ ރަޝީދުއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅައި, ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދެއެވެ.
![]()
