ރާއްޖޭގެ މީޑިއާތަށް ގުޅިގެން ”ދިތްވާ“ ތޫފާނުގައި ސްރީލަންކާގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރިއަށްގެންދާ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯން ފަށައިފިއެވެ.
ޕީއެސްއެމުން އިސްނަގައިގެން ކުރިޔަށް ގެންދާ މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކްލަބްތަކާއި، އޮފީސްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.
ތޫފާން ”ދިތުވާ“ ގައި ލަންކާއަށް ކުުރަމުން އަންނަ ބޯވިއްސާރައިގައި ގަދަ ވަޔާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ އެކި ހާދިސާތަކުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 100 އަށްވުރެ މައްޗަށް އަރާފައެވެ. އަދި އެތައް ބަޔަކު ހާލުގައި ޖެހި ގެދޮރު ހަލާކުވެ ވީނުވީއެއް ނޭނގި އެއްބަޔަކު ވަނީ ގެއްލިފައެވެ.
އެ ޓެލެތޯނު ކުރިއަށްގެންދާނީ މިއަދު ހެދުނު 9:00 އިން މިރޭ ދަންވަރު 01:00 އަށެވެ. އެ ޓެލެތޯންއަށް ރާއްޖޭގެ 37 މީޑިއާއަކުން ވަނީ ބައިވެރިވެފައެވެ.
ޓެލެތޯނަށް ބޭނުން ކުރާ އެކައުންޓް ނަމްބަރުތައް:
ރުފިޔާ އެކައުންޓް ނަން: ސިލޯނާއެކު ދިވެހިން
އެކައުންޓް ނަމްބަރު: 7730000796107
ޑޮލަރު އެކައުންޓް ނަން: ސިލޯނާއެކު ދިވެހިން
އެކައުންޓް ނަމްބަރު: 7730000796106
![]()
