ކުރީގެ ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހާއަށް 10 އަހަރުގެ ޖަލު ޙުކުމެއް!

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލާގައި ދަޢުވާ ކުރި މީހާ 10 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އިންޒާރު ދިން މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ހ. ލައިޓްނައިޓް، އިސްމާޢީލް ޔާފިސް އެވެ.

މަރުގެ އިންޒާރު ދީފައި ވަނީ ރައީސް ނަޝީދު، މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވިއިރު 2021 ވަނަ އަހަރުއެވެ.

ފޭސް ބުކުގައި އެ މީހާ ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި ނަމަ ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހެދި ގޮތް ހަދާލާނެ ކަމަށެވެ.

އެހެންކަމުން މި މައްސަލައިގައި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގައި ދެ އަހަރަށް އަދި އިންޒާރު ދިނުމުގެ ކުށުގައި ތިން އަހަރަށް އަދި އެކަމަށް ހިތްވަރު ދިނުމުން ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަކް ކޯޓުން ހުކުމްކޮށްފއައިވާ ކަމަށް ޕީޖީން ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް