ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުގައި އަވަހާރަވެފައިވާ ކަމުގެ އަޑުތައް ބާރަށް ފެތުރެމުންދާއިރު، އިމްރާން ދިރި އެބަ ހުންނެވިކަމުގެ ހެކި އަވަހަށް ހާމަ ކުރުމަށް އިމްރާންގެ ދަރިކަލުން ކާސިމް ޚާން ޕާކިސްތާން ސަރުކާރަށް ގޮވާލައްވައިފިއެވެ. އަދި މިކަމުގައި އިންޓަރނޭޝަނަލް ފަރާތްތަކުންވެސް ”އަރޖަންޓްކޮށް“ ކަމެއް ކޮށް ދިނުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ.
އިމްރާން ޚާން ގެ އާއިލާއިންބުނެފައިވަނީ ފާއިތުވި ހަ ހަފްތާގައިވެސް އާއިލާއަށް ވެސް އަދި ގާނޫނީ ވަކީލުންނަށްވެސް އިމްރާން އާއި ބައްދަލް ކުރުމުގެ ފުރުސަތު ދީފައިނުވާކަމުގައެވެ.
އަނެއްކޮޅުން އިމްރާން ހުންނެވި އަޑިއާލާ ޖަލުން ވަނީ އިމްރާން ގަދަވެ ހެޔޮހާލުގައި ހުންނެވިކަމަށް ބުނެފައެވެ.
ކާސިމް ޚާން ވިދާޅުވީ އޭނާގެ ބައްޕަ ބެހެއްޓިފައިހުރީ މަރުގެ އަދަބުދެވޭ ގައިދީން ބަހައްޓާ ސެލްއެއްގައި ކަމަށާ ޓްރާންޕޭރަންސީ އެއްގޮތަކަށް ވެސް ނެތް ކަމުގައެވެ. އަދި އާއިލާގެ އެއްވެސް މީހަކަށް ފޯންކޯލްއަކުންވެސް ބައްޕައާއި ގުޅިފައި ނުވާކަމަށާ ބައްދަލް ކުރުމަށް ހުއްދަދީ ކޯޓް އޯޑަރެއް އޮތް ނަމަވެސް ބައްދަލް ކޮށް ނުދިންކަމަށް ކާސިމް ވިދާޅުވިއެވެ.
އިމްރާން ޚާންގެ އާއިލާއިން ބުނީ މިހާރުގެ ސަރުކާރުން ކަންތައް ކުރަމުންދަނީ ހިޓްލަރު ކަންތައްކުރިގޮތަށް ކަމަށާ ޖަލުތެރޭގައި ހިނގާ ނުހިނގާ ކަމެއް އެކަކަށްވެސް ނޭގޭ ކަމުގައެވެ.
އޭ.އެން.އައި އާއި ވާހަކަދައްކަވަމުން އިމްރާންޚާންގެ އެއްބަނޑު އަންހެން ބޭފުޅެއްކަމަށްވާ ނޯރީން ޚާން ވިދާޅުވީ ޖަލުގައި އިމްރާން ހޭދަ ކުރައްވަމުން ގެންދަވަން ޖެހިފައިވަނީ ވަރަށް ”ޓަފް“ ނުވަތަ ދަތި ދުވަސް ތަކެއް ކަމުގައެވެ.ޖަލުތައް ހިންގުމާބެހޭ މެނުއަލް ބުނާގޮތުން މީހަކު އެކަހެރިކޮށް ބެހެއްޓޭނީ ގިނަވެގެން 4 ދުވަހަށް ކަމުގައި އޮތް ނަމަވެސް މިދިޔަ އަހަރުވެސް އިމްރާން ތިންހަފްތާވަންދެން އެކަހެރި ކޮޅިއެއްގައި ބެހެއްޓިކަމަށާ މިހާރުވެސް އެހަދަނީ އެހެން ކަމުގައި ވިދާޅުވިއެވެ. ފާއިތުވި ހަ ހަފްތާގައިވެސް އެއްވެސް މީހަކު އިމްރާން އާއި ބައްދަލް ކުރުމުގެ ފުރުސަތު ދީފައިނުވާކަމަށް ނޯރީން ވިދާޅުވިއެވެ.
އިމްރާން ޚާންގެ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރެވޭކަން ޔަގީން ކުރުމަށް އދން މިހާރު ގޮވާލާފައިވާކަމަށް ވެއެވެ.
![]()

2 Responses
ހިޔަލު ފަލުކުރައިރު ދީނާ ހިލަފަ އެއްވެސް އެއްޗެއެް އެއްވެސް މީހަކު ނުބުނާނެކަނ ޔަގީނނއެކަމަކު މިކަމުގަ ހަމަ ވަރަށް ހަރުކަށިކޮން އެބަޖެހޭ ދޯ އެއްޗެއް ބުނަށް
ލައްބަ