ހޮންގކޮންގގެ ހައުސިންގ ޓަވަރުތަކެއްގައި އަލިފާންރޯވެ 55 މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

Loading

November 27, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ހޮންގކޮންގގެ ތައިޕޯ ޑިސްޓްރިކްޓްގެ ހައުސިންގ ޓަވަރުތަކެއްގައި އަލިފާން ރޯވުމުގެ ސަބަބުން 55 މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. 51 އެއްމީހުން ސީދާ ސީންގައި މަރުވެފައިވާއިރު 3 މީހުން މަރުވެފައިވަނީ ހޮސްޕިޓަލް އަށް ގެންދިޔަ ފަހުންނެވެ.އަދި ފަޔާފައިޓަރުންގެ އެކަކުވެސް މަރުވެފައި ވެއެވެ.

އަދިވެސް ބައެއް ޓަވަރުތަކުގައި އަލިފާން އަނދަމުންދާއިރު، އަދިވެސް 270 މީހުންނަށް ވީނުވީ ގޮތެއް ނޭގޭ ކަމަށް ޚަބަރުލިބެއެވެ.

ބުރާސަފަތިދުވަހުގެ ހެދުނު އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާންރޯވި ހަތް ޓަވަރުގެ ތެރެއިން ހަތަރު ޓަވަރުގެ އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަދި މިއަދު އިރުއޮއްސެންވާއިރަށް ހުރިތަނަކުން އަލިފާން ކޮންޓްރޯލް ކުރެވޭނެކަމަށް އުންމީދުކުރާކަމަށް ބުނެފައި ވެއެވެ.

ތަވަރުތަކުގައިރޯވި އަލިފާން ކޮންޓްރޯލް ކުރެވެމުންދާއިރު މިހާރު އުފެދިފައިވާ ސުވާލަކީ އަލިފާން ރޯވާން ދިމާވީ ކިހިނަކުންތޯ، މިސުވާލެވެ.އަދި މިކަމުގައި ޒިންމާ ނަގަންޖެހޭނީ ކޮންބައެއްތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މިހާތަނަށްވަނީ ކޮންސްޓްރަކްޝަން ކޮމްޕެނީތަކެއްގެ3ެ އެގްޒެކެޓިވް ހައްޔަރުކޮށްފައެވެ.އެއީ އެތަންތަން އިމާރާތް ކުރުމުގައި ބޭނުންކުރި މެޝް ނުވަތަ ދާ،އަދި ޕްލާސްޓިކް ޝީޓް ފަދަ ތަކެތީގެ ފެންވަރު ދަށްކަން ހާމަވުމާއި ގުޅިގެންނެވެ.

ފަޔާ ޑިޕާޓްމަންޓުން ބުރާސްފަތިދުވަހު މެންދުރުބުނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށް ގެންދާކަމުގައެވެ.ނަމަވެސް ދުންގަނޑުގެ ތެރޭ ހާސްވެފަ،ނުނިކުމެވިފަ ތިބި މީހުން ދެން ދިރިތިއްބާ ފެނުމުގެ އުންމީދު ކުޑަކަމުގައި ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް