ދުނިޔެއަށް މަޝްހޫރު މަހުޖަނު ސަރ ރިޗްރޑް ބްރެންސަންގެ އަންހެނުން ޖޯން ބްރެންސަން މަރުވެއްޖެ ކަމަށް ބްރެންސަން ބުނެފިއެވެ. ޖޯން ބްރެންސަންގެ އުމުރަކީ 80 އަހަރެވެ.
(Joan) ޖޯން ބްރެންސަން އާއި ރިޗްރްޑް ބްރެންސަން ކައިވެނި ކޮށްފައިވަނީ 1989ވަނަ އަހަރުއެވެ.އަދި އެދެމީހުންގެ ތިން ދަރިންނާއި ފަސް ކާފަ/މާމަ ދަރިން އެބަތިއްބެވެ.
ލޯބިވާ އަނބިމީހާ މަރުވިކަން އުމުރުން 75 އަހަރުގެ ރިޗަރޑް ބްރެންސަން ހާމަކޮށްފައިވަނީ އިންސްޓަގްރާމް ފޯސްޓެއްގައެވެ. 50 އަހަރުވަންދެން އިނދެގެން އުޅުނު ނުހަނު ލޯބިވާ އަނބިމީހާ މަރުވުމާއި ގުޅިގެން ހިތް ހަލާކުވެފައިވާކަމަށް އެޕޯސްޓްގައި ރިޗަރޑް ލިޔެފައިވެއެވެ. ޖޯންއަކީ އޭނާގެ މުޅިދުނިޔެ ކަމަށް ސިފަކުރަމުން ރިޗަރޑް ބްރެންސަން ބުނެފައިވަނީ ޖޯންއަކީ އޭނާގެ ބެސްޓްފްރެންޑް،އަދި މަގުދައްކާދޭ ބައްތި،ކަމަށާ އަދި ވަރަށް ”ވޮންޑަފުލް“ މަންމައެއް އަދި މާމައެއް ކަމަށެވެ. އަދި ”ފޮ-އެވަރ“ ނުވަތަ ތާއަބަދުމެ ޖޯންދެކެ ލޯބިވުންމަތީ ދެމިހުންނާނެ ކަމަށް ބުނެފައިވެއެވެ.
ޖޯން ބްރެންސަން އަށް އައީ މުޅި ބްރެންސަން އާއިލާގެ ލޯތްބާއި އިހްތިރާމް ލިބެމުންނެވެ.ދަރިފުޅު ސޭމް ބްރެންސަން ބުނެފައިވަނީ އޭނާގެ މަންމަޔަކީ މިދުނިޔޭގެ ބިމުގައި މިހާތަނަށް ފައިއަޅާފައިވާ އެންމެ އޯގާތެރި،ލޯބިދޭން ދަންނަ، ”ވޯމް“ އަދި ”ޖެނެރަސް“ މަންމަ ކަމުގައެވެ.އަދި ޖޯން ގެ ދަރިއަކަށްވެ، ޖޯންއަށް މަންމަ ކިއުމަށް ލިބުނީތީ އޭނާވަރަށް ބޮޑަށް ޝުކުރުވެރިވެ އުފާވާ ކަމަށް ބުނެފައިވެއެވެ.
ޖޯން މަރުވީ ކިހިނެއްވެފަކަމެއް ބްރެންސަން ހާމަކޮށްފައެއް ނުވެއެވެ.
![]()
