ޕާކިސްތާންގައި ދެމީހަކު އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާއެއްގައި ފަސްމީހުން މަރުވެއްޖެ  

Loading

November 24, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ޕާކިސްތާންގައި ދެމީހަކު އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާއެއްގައި ފަސްމީހުން މަރުވެއްޖެއެވެ. މިއީ ޕެރަމިލިޓަރީ ފޯސް އަކަށް އަމާޒުކޮށް ދިން ހަމަލާއެއްކަމުން ހަމަލާދިން ދެމީހުންގެ އިތުރުން މަރުވެފައިވަނީ ތިން ސިފައިންނެވެ.

ފުލުހުން ހާމަ ކޮށްފައިވާގޮތުގައި ހަމަލާދިންމީހުން ހަތިޔާރާއެކު ޕެޝާވަރުގެ ފެޑަރަލް ކޮންސްޓަބިއުލަރީ އަށް ވަދެގަނެ އަމިއްލަގައިގަ ހަރުކޮށްފައިވާ ބޮން ގޮއްވާލީއެވެ. މިހަމަލާގައި ސިފައިންގެ 12 މީހަކަށް އަނިޔާތައްލިބިފައިވާ ކަމަށް ޚަބަރުލިބެއެވެ.

ޕެޝާވަރުގެ ފެޑަރަލް ކޮންސްޓަބިއުލަރީ އަކީ ވަރަށް ހައި ސެކިރިޓީ އާއެކު ބަލަހައްޓަމުން އަންނަ ތަނެއް ކަމަށާ، ހަމަލާދިން މީހުން އެންމެ އެތެރެޔަށް ވަނުމަށް ސެކިއުރިޓީގެ އެތައްލެވެލް އެއް ފޫއަޅުވާލަން ޖެހޭނެކަމަށް ހަބަރުތައް ބުނެއެވެ.

މަންޒަރު ދުއްމީހުން ބުނި ގޮތުގައި އެމީހުންނަށް ފުރަތަމަވެސް އިވުނީ ބާރު ދެގޮވުމެއްގެ އަޑެވެ.އެއީ ހޯމަދުވަހުގެ ހެދުނު 8:10 އެހާއިރުއެވެ. ހަމަލާގައި އަނިޔާވި މީހުންގެ ތެރޭގައި އާންމުންގެ ހަތް މީހުންވެސް ހިމެނެއެވެ.

ސަރުކާރުން ބުނެފައިވަނީ މިއީ ޓެރަރިސްޓް ހަމަލާއެއް ކަމުގައެވެ.ހަމަލާދިން މީހުންގެ ވަނަވަރު ވަރަށް އަވަހަށް ސާފުކޮށް ހާމަ ކުރައްވާނެކަމަށް ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެފައި ވެއެވެ.އަދި ހަމަލާދިން ދެމީހުން މައި އިމާރާތަށް ވަނީ އެމީހުން ހުއްޓުވަން ސިފައިން ބަޑިޖަހާފައިވަނިކޮށް ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ފެޑަރަލް ކޮންސްޓަބިއުލަރީ އަކީ ފުލުހުންނަށް ބެލޭވަރަށްވުރެ ބޮޑެތި މައްސަލަތައް ބަލަން އުފައްދާފައިވާ ޕެރަމިލިޓަރީ ބާރެކެވެ. މިތަންތަނުން ބަލާ ކަންކަމުގެ ތެރޭގައި ޓްރައިބް ތަކުން ދޭ ހަމަލާތަކާއި ބޮޑެތި ގޭންގްތަކުން ހިންގާ ބޮޑެތި ޖަރީމާތައް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް