ވިލިމާލޭގައި އަޅާ ހައުސިންގ ޔުނިޓުތައް ޚާއްޞަކުރާނީ ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް: ރައީސް

Loading

November 24, 2025
profile
Facebook
Twitter
WhatsApp

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރޭން، މާލެ ސިޓީގެ ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓުތައް ޚާއްޞަކުރާނީ ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ައެމަނިކުފާނު މިހެން ވިދާޅުވީ، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރޭން، ވިލިމާލޭގައި ދިރިއުޅޭ މީހުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިންގ ޔުނިޓަކީ، މާލޭ ސަރަހައްދުގައި އެޅުމަށް ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި 500 ހައުސިންގ ޔުނިޓުގެ ތެރޭން 300 ޔުނިޓު ކަމަށެވެ.

ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ ހައުސިންގ ޔުނިޓުތަކެކެވެ.

މީގެ އިތުރުން، ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކާއި ހޭންޑްބޯލް ކޯޓެއް އެޅުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. 

މިގޮތުން، ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނައިރު، ހޭންޑްބޯލް ކޯޓުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދާނެ ކަމުގެ އުންމީދު ރައީސުލްޖުމްހޫރިއްޔާ ވަނީ ވިލިމާލޭގެ ރައްޔިތުންނަށް ދެއްވާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް