ބޭންކުގެ މުވައްޒަފުންނަށް ހެދިގެން، ގިނައަދަދެއްގެ ފައިސާ އުފުލި ވެހިކަލްއެއް ފޭރުނު ހަތް މީހުން ހައްޔަރުކޮށްފި

Loading

November 23, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އިންޑިޔާގެ ބެންގަލޫރުގައި އޭޓީއެމް ތަކަށް ފައިސާ އަޅަން ގިނަ އަދަދެއްގެ ފައިސާހިފައިގެން ދަތުރު ކުރި ވެހިކަލެއް، ބޭންކުގެ މުވައްޒަފުން ކަމަށް ހެދިގެން އައި ބަޔަކު ފޭރިގަނެފިއެވެ.

މި ވެހިކަލްގައި 70 މިލިއަން ރުޕީސް ހުރިކަމަށްވެއެވެ.އެއީ ގާތްގަނޑަކަށް 8ލައްކަ ޑޮލަރެވެ. މިކަމާގުޅިގެން ހަތްމީހަކު މިހާރުވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.

މިހާދިސާގެ މައުލޫމާތު ހޮނިހިރުދުވަހު ހާމަކުރަމުން ފުލުހުން ބުނެފައިވަނީ އޭގެ ތިންދުވަސްކުރިން އެމީހުން ވަގަށް ނެގި ފައިސާގެ ތެރެއިން57.6މިލިއަން ރުޕީސް މިހާރު ހޯދިފައިވާ ކަމުގައެވެ.ބެންގަލޫރުގެ ޕޮލިސް ކަމިޝަނަރު ވިދާޅުވީ މިކަމުގައި ބައިވެރިވާކަމަށް ޝައްކުކުރެވޭ އިތުރު ދޭއް ނުވަތަ ތިން މީހުން އަދިވެސް ހޯދަމުން ދާކަމުގައެވެ. އަދި އެމީހުން އަތުގައިވާ ފައިސާގެ އަދަދު އަދި ސާފުނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މިވައްކަން ކޮށްފައިވަނީ ސީދާ ދުވާލުގެ ވަގުތުގައި ބެންގަލޫރުގެ ލާލްބާގް އޭރިޔާ ގައެވެ.ވައްކަމުގައިބައިވެރިވި މީހުން ދިޔައީ ރިޒަރވް ބޭންކް އޮފް އިންޑިޔާގެ މުވައްޒަފުންނަށް ހެދިގެން ކަމަށް ވެއެވެ. އަދި ވެހިކަލްގައި އުފުލަމުންދަނީ އެހާގިނަ އަދަދެއްގެ ފައިސާކަމަށްވާތީ ލިޔެކިއުން ޗެކްކުރަން ޖެހޭނެކަމަށް ބުނެ ވެހިކަލް ހުއްޓުވި ކަމަށް ވެއެވެ. އަދި ފައިސާޔާ ހަވާލުވެގެން އިސްކޮން ހުރި ކަސްޓޯޑިއަން އާއި ދެސެކިއުރިޓީ ގާޑުން ކައިރީގައިއޮތް އެސްޔޫވީއަކަށް އަރަން އެންގި ކަމަށް ވެއެވެ.އަދި ވަގުންގެތެރެއިން އެކަކު ފައިސާ ވެހިކަލްގެ ކޮންޓްރޯލް ނެގީ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި ވެހިކަލްގެ ކޮންޓްރޯލް ނެގުމަށްފަހު ބާރަށް ދުއްވާ ފިލާފައިވެއެވެ.އަދި ސީސީޓީވީ ކަވަރޭޖް ނެތް ހިސާބުތަކަށް ހުއްޓާ ވެހިކަލް ބަދަލުކޮށް، އަދި ފޭކް ރެޖިސްޓްރޭޝަން ޕްލޭޓްތައް ބޭނުން ކޮށްފައިވެއެވެ.

ބުދަދުވަހު ކުރި މިވައްކަމާ ގުޅިގެން 200 ފުލުހުން ހިމެނޭ ފޯސްއެއް ނިކުމެ އެމީހުން ހޯދުމުގެ މަސައްކަތް ކޮށްފައިވެއެވެ. މިގޮތުން ކަރްނާޓަކާ ސްޓޭޓް ގެ އިތުރުން އަވަށްޓެރި ކެރަލާ،ޓެމިލްނާޑޫ،ޓެލަންގާނާ، އަންދްރަޕަރަދޭޝް އަދި ގޮއާގެ ފުލުހުންވެސް އެލަރޓަށް ގެނެސްފައިވެއެވެ.

ފުލުހުން ބުނީ މިކަމުގައި، ފައިސާ އުފުލުމަށް ހަވާލުވެފައިއޮންނަ ކުންފުނީގެ މިހާރުގެ މުވައްޒަފަކާ ކުރީގެ މުވައްޒަފެއްގެ އިތުރުން ބެންގަލޫރުގެ ޕޮލިސް ކޮންސްޓަބްލް އަކު ބައިވެރިވެފައިވާ ކަމުގައެވެ. އަދި މިގޮތަށް ފައިސާއުފުލުމާބެހޭ ގައިޑްލައިންއަށް ބެލިފައިވަނީ ކިހާވަކަށްތޯ އޮޅުން ފިލުވާނެކަމަށް ފުލުހުން ބުނެފައިވެއެވެ.  

ފައިސާ އުފުލާ މިފަދަ ވޭން ނުވަތަ ވެހިކަލް ދަތުރު ކުރަންޖެހޭނީ އެކިފަހަރު އެކިމަގުންކަމަށް ވެއެވެ.އެއީ މިފަދަ ވައްކަންތައް ކުރަން އުޅެފާނެ މީހުންނަށް އޮޅުވާލުމަށް ކަމަށްވެއެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް