މިއަދުން ފެށިގެން ވޯކް ވިސާގެ ގޮތުގައި ބަލާނީ ހަމައެކަނި އީ- ވިސާ

Loading

Facebook
Twitter
WhatsApp

މިއަދުން ފެށިގެން ވޯކް ވިސާގެ ގޮތުގައި ބަލާނީ ހަމައެކަނި އީ- ވިސާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

.އީ-ވިސާ ތަޢާރަފް ކުރުމާ ގުޅިގެން އެކަންކަމަށް ސަމާލުވުމަށް އެދި އިމިގްރޭޝަނުން ވަނީ މިއަދުން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާ އޮޓޮމެޓިކުން އީ-ވިސާއަށް ބަދަލުވާނެ ކަން ހާމަކޮށްފައެވެ.

އަދި މިއަދުން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާއަކީ ސައްޚަ ވިސާއެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

”އީ-ވިސާގެ މުއްދަތު ދެން ބިނާވާނީ ވޯކް ޕާމިޓްގެ މުއްދަތަށް. މިއަދުން ފެށިގެން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް“ އިމިގްރޭޝަނުނުން ބުނެފައި ވެއެވެ.

ހަމައެހެންމެ މިއަދުން ފެށިގެން ރާއްޖެއިން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތެއްކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީންނަށް އެތެރެވުމުގެ ހުއްދަ ދެވޭނީ ދާޚިލީ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ“ އެންޓްރީ ޕާސް“ އެއް އޮވެގެން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް