ބަންގްލާދޭޝް އަށް ހުކުރުދުވަހު 5.5 ގެ ބާރުމިނުގައި ބިންހެލުމެއް އައުމުގެ ސަބަބުން ކުޑަކުއްޖަކު ހިމެނޭ ގޮތުން ފަސް މީހުން މަރުވެއްޖެއެވެ. ބިންހެލުމުގެ އެޕިސެންޓާ ހުރީ ވެރިރަށް ޑާކާއާއި 30 ކިލޯމީޓަރު ދުރުގައިވާ ނަރުސިންގްޑީ ޑިސްޓްރިކްޓްގައެވެ.
ރެސިޑެންޝަލް ސަރަހައްދުތަކަށް ބިންހެލުލުން އައުމުން މީހުން ދުވެފަ އިމާރާތްތަކުން ނިކުތް ކަމަށް ވެއެވެ.އަދި ބައެއް އާދައިގެ ތަންތަން ވެއްޓިފައިވާ ކަމަށް ވެއެވެ. ޑާކާ ޔުނިވަރ ސިޓީގައި ކިޔަވަމުން ދިޔަ ކުދިން ނިކުންނަން އުޅުމުގެ ތެރޭގައި ދިހަ ކުއްޖަކަށް އަނިޔާވެފައިވާކަމަށްވެއެވެ. ފަސްބުރީގެ އިމާރާތަކުން ވެއްޓުނު ރެއިންލިންގ އަކުން ޖެހި ތިންމީހުން މަރުވެފައިވާ ކަމަށް ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު މައުލޫމާތު ދީފައި ވެއެވެ.
މިއީ ފާއިތުވި ފަސް އަހަރުތެރޭވެސް ބަންގްލާދޭޝް އަށް ކުރިމަތިވި އެންމެ ބާރުގަދަ ބިންހެލުންކަމަށް ތިމާވެއްތާބެހޭ އިސްބޭފުޅަކު ވިދާޅުވެފައި ވެއެވެ.
އެކިއެކި ހާދިސާތަކުގައި 461 މީހުންނަށް އަނިޔާތައް ލިބިގެން ރިޕޯޓް ކޮށްފައިވާ ކަމަށް ވެއެވެ.
ބިންހެލުމުގެ އަސަރު ބަންގްލާދޭޝް އާއި އިންވެގެން އޮންނަ އިންޑިޔާގެ އިރުމަތީ ހިސާބުތަކަށްވެސް ކުރި ކަމަށް ވެއެވެ.
![]()
