ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ އިސްރާއީލުން ފަލަސްތީނުގެ 30 މީހަކު ޝަހީދުކޮށްލައިފި

Loading

Facebook
Twitter
WhatsApp

އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ ފަލަސްތީނުގެ 30 މީހަކު ޝަހީދުކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުން ފަލަސްތީނުގެ 30 މީހުން ޝަހީދުކޮށްލާފައި ވަނީ ޣައްޒާއަށް ދިން ވައިގެ ހަމަލާތަކެއްގައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓް ކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ 30 މީހަކު ޝަހީދުކޮށްލާފައެވެ.
އަދި ޚާން ޔޫނުސްގެ އިރުމަތީ ފަރާތުގައި އޮންނަ ބާނީ ސުހައިލާ ޓައުންގައި ގެއަކަށް ދިން ވައިގެ ހަމަލާއެއްގައި ތިން މީހުން ޝަހީދުވެ 15 މީހުން ޒަޚަމްވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އިސްރާއީލުން ނެރުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު އެ އެއްބަސްވުމާއި ޚިލާފުވެ ދިން ހަމަލާތަކުގައި މިހާތަނަށް 312 މީހުން ޝަހީދުކޮށްލައި 760 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށްވެސް އެ މިނިސްޓްެރީން ބުނެފައިވެ އެވެ.

އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލު ސިފައިން ޝަހީދުކޮށްލި ފަލަސްތީނުގެ މީހުންގެ ޖުމްލަ އަދަދު 69،546 އަށް އަރާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

Loading

One Response

  1. ?Alhe Muslim gaumuthah kobaatha haadhahaavaa hithaamaverikamekey dhw hahgun ehves kamakaanulaa Muslim gaumeh nahthaalamun edhanee Muslim verinnakee mee keehkuraabaeh

Leave a Reply

ފަހުގެ އަޕްޑޭޓް