ރައުދު ކުށަށް އިއުތިރާފްވެއްޖެ

Loading

Facebook
Twitter
WhatsApp

ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް އޭނާ އެއްބަސްވެއްޖެއެވެ.

މި މައްސަލައިގައި ރައުދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ވެއްޓުނު މައްސަލާގައި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާ އެވެ.

ެއެގޮތުން މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައުދު ވަނީ އެ ދައުވާއަށް އިއުތިރާފްވެފައެވެ. އެހެންވެ، އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި އެ މައްސަލާގެ ހުކުމް އަންނަ ހަފުތާގައި އިއްވަން މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މިދިޔަ މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ހައްވާ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ އެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށްފައި ވަނީ މާރިޗު 24 ވަނަ ދުވަހުގެ ރޭ 6:20 އެހާ ކަންހާއިރުއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް