ސައުދީން ރާއްޖެއަށް 25،000 އަށްވުރެގިނަ މުސްހަފު ހަދިޔާކޮށްފި

Loading

Facebook
Twitter
WhatsApp

ސައުދީން ރާއްޖެއަށް 25،000 އަށްވުރެގިނަ މުސްހަފު ހަދިޔާކޮށްފިއެވެ.

ސައުދީ ސަރުކާރުން ހަދިޔާކުރި 25500 މުސްހަފުގެ ތެރޭގައި ބޮޑެތި މުސްޙަފްވެސް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށް ކަމަށެވެ.

މި އަހަރުގެ އޭޕްރީލްމަސް ތެރޭގައި ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 25،000 މުސްހަފާއެކު އިއްޔެ ހަދިޔާކުރި 25،500 މުސްހަފާއެކު މި އަހަރު ސައުދީން ރާއްޖެއަށް ހަދިޔާކުރި މުސްހަފްގެ އަދަދު ވަނީ 50500 އަރާފައެވެ.

މުސްޙަފްތައް ރަސްމީކޮށް ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ އާއި ސަޢުދީ އެމްބަސީގެ އިސްވެރިންނާއި އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެވައިގެންނެވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް