މާލެ ސަރަހައްދުގައި ހުޅުވާ ޔޫޕީއެޗް ސެންޓަރުގެ ޚިދުމަތް ނޮވެންބަރު 22ން ފެށިގެން ލިބޭނެ

Loading

November 20, 2025
profile
Facebook
Twitter
WhatsApp

މާލޭ ސަރަހައްދުގައި ހުޅުވުމަށް ހަމަޖެހިފައިވާ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ (ޔޫޕީއެޗްސީ)ގެ މާފަންނު ބްރާންޗްގެ ޚިދުމަތް މި ނޮވެމްބަރު 22ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ބުނެފިއެވެ.

މިއަދު ނެރުނު އިޢުލާނެއްގައި އައިޖީއެމްއެޗުން ވަނީ، އެ ސެންޓަރުން ދެވޭ ޚިދުމަތްތައް ހާމަކޮށްފައެވެ. މިގޮތުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި؛
ޖީޕީ ކްލިނިކް:
ޢާއިލީ ބޭސްވެރިކަމުގެ ޑޮކްޓަރުންގެ ޚާއްޞަ ޚިދުމަތް
އާންމު ބަލިތަކަށް ފަރުވާ ދިނުމުގެ ޚިދުމަތް
ޖީޕީގެ ޑޮކްޓަރުން ލަފާދެއްވާ ލޭގެ ޓެސްޓުތައް ހެދުމުގެ ޚިދުމަތް
ޑްރޮޕްބޮކްސް މެދުވެރިކޮށް ބޭސް ސިޓީ އާކުރުމުގެ ޚިދުމަތް
ކުދި ޕްރޮސީޖަރތައް (އައިވީ ގުޅުން، ނެބިއުލައިޒް ކުރުން، ބޭސް އެޅުން، ކާ ހޮޅި ބަދަލުކުރުން) ފަދަ ޚިދުމަތްތައް
އެކްރޭގެ ޚިދުމަތް
ބޭސް ފިހާރައިގެ ޚިދުމަތް

ޗައިލްޑް ހެލްތު ކްލިނިކް:
5 އަހަރުން ދަށުގެ ކުދިން ހެދިބޮޑުވާ މިންވަރު ދެނެގަތުމާއި، ޑިވެލޮޕްމެންޓަލް މައިލްސްޓޯން ބެލުން
ތުއްތުކުދިންނަށް ގާތުން ކިރުދިނުމާއި، ކެއިންބުއިމާ ބެހޭގޮތުން ބެލެނިވެރިންނަށް އިރުޝާދު ދިނުން.
2 އަހަރާ 5 އަހަރާ ދެމެދުގެ ކުދިންނަށް ވިޓަމިން އޭއާއި ފަނީބޭސް ދިނުން.
ޤައުމީ ވެކްސިން ތާވަލާ އެއްގޮތަށް ވެކްސިން ދިނުން.
އިޚްތިޔާރީ ވެކްސިން ދިނުން

ވެލްނެސް ކްލިނިކް:
ދަތުރުވެރިންގެ ވެކްސިން ޖެހުމުގެ ޚިދުމަތް
ދުންފަތާ ދުރުވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
ނަފްސާނީ ދުޅަހެޔޮކަމާއި ކައުންސެލިންގ ދިނުން
ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކޮށްދޭ ކްލިނިކް (ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށާއި، އެފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި ކެއިންބުއިމާއި، ކަސްރަތާއި، އަދި ގެންގުޅެންވީ ދުޅަހެޔޮ އާދަތަކަށް އިރުޝާދު ދިނުން)

އައިޖީއެމްއެޗުން ބުނީ، ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގެ ހެނދުނު 8.30ން ރޭގަނޑު 10.00ށް، އަދި ހުކުރު ދުވަހު މެންދުރުފަހު 3.30ން ރޭގަނޑު 10.00ށް އެ ސެންޓަރުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި ސަރުކާރު ބަންދު ދުވަސްތަކުގައި އެ ސެންޓަރު ބަންދުވާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް