ސެލޫނެއް ބަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި

Loading

November 19, 2025
profile
Facebook
Twitter
WhatsApp

މާާލޭގައި ހިންގަމުންދާ ސެލޫނެއް ބަލައިފާސްކޮށް ދިވެއްސަކާއި ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.


ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހ. އަރިހިޔާގޭގައި ހިންގަމުންދާ ”ޕީސް ސެލޫން އެންޑް ސްޕާ“ ބަލައިފާސްކޮށް، ދިވެހި ފިރިހެނަކާއި ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފައި ވާކަމަށެވެ.
މި ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ފައިސާގެ މުޤާބިލުގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާކަމުގެ ތުހުމަތުގައި ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި / ރިވެލި، މުޙައްމަދު ސަމާމް ރަޝީދު (28އ) އާއި، ޖުންޕެން ކުމްބޮންޕިޓަކް، 38އ، (ތައިލެންޑް) އާއި ޕަޓްޗަރިދާ ބަންނަބޮޑީ، 24އ، (ތައިލެންޑް) އާއި ސުޕަވަޑީ ޖޮމްޓަރަކު، 21އ (ތައިލެންޑް)އެވެ.
އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ސަމާމް ރަޝީދު (28އ) 5 ދުވަހަށް، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) 3 ދުވަހަށް އަދި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް