ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފާޚާނާއެއް ބަހައްޓާލެވޭ ވަރުގެތަނަވަސް ކަމެއް ނެތީބާ

Loading

November 17, 2025
profile
Facebook
Twitter
WhatsApp

        ހުޅުމާލޭ ސެންޓްރަލް ޕާކަކީ ހަވީރާއި ރޭގަނޑުގެ އިރާކޮޅު ނުހަނު ގިނަ ޢަދަދެއްގެ ކުޑަކުދީންނާއި ދެޖިންސްގެ ޒުވާނުން ތޮއްޖެހިފައިވާ ޕާކެކެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވީރާއި ރޭނގަނޑުގެ އިރާކޮޅު ކާބޯތަކެތި ގަނެ މަޖާކޮށް ކުޅެ ހިތްހަމަ ޖެއްސުމަށްޓަކާ ދެޖިންސުގެ ޒުވާނުންނާއި ގިނަޢަދަދެއްގެ ކުޑަކުދީން ޒިޔާކުރާ ކުރާޕާކެކެވެ.

މިޕާކުގައި ކުޑަކުދީން ސްކޭޓް ކޮށް ބައިސްކަލްގެ ދުއްވުމުގެ ހުނަރު ދަސްކުރުމަށާއި ތަފާތު ކުޅިވަރު ކުޅުމަށްޓަކާ މާލެއިންނާއި ވިލިމާލެއިން ބަންދު ދުވަސް ދުވަހު އެތައްސަތޭކަ ކުޑަކުދީންނާއެކު ބެލެނިވެރިންނާއި އަދި އެކި ޢުމުރު ފުރައިގެ ގިނަބަޔަކު އެއްވެ ގިނަވަގުތު ހޭދަކުރާ ތަނެކެވެ.

      އެހެން ކަމުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފާޚާނާ ބަރިއެއް ތަރައްގީ ކޮށްފައި ނެތުމަކީ އެޕާކަށް ޒިޔާރަތް ކުރާ އެންމެންގެ ގިނަދުވަސްވީ ބޮޑު ޝަކުވާއެކެވެ. ސެންޓްރަލް ޕާކަށް ކުޑަކުދީން ގޮވައިގެން  ގޮސް ތިބޭ މީހުނަށް އެތަނުން ފާޚާނާގެ ޚިދުމަތް ލިބިގެން ދިއުމަކީ އެތަނަށް ޒިޔާރަތް ކުރައްވާ ހުރިހާ ޢުމުރު ފުރައެއްގެ ކުދިބޮޑު އެންމެނަށް ވެސް ނުހަނު ބޭނުންތެރި ކަމެކެވެ. މިއިންކަމެއް ދެނެ ބަލާލާ ރައްޔަތުންގެ ޚާދިމަކު ( ވެރިޔަކު ) އެބެހުރިބާވައޭ ހިތައްއަރައެވެ.

      މީގެ އިތުރުން ހުޅުމާލޭ ސެބްޓްރަލް ޕާކަކީ ތަފާތު އިވެންޓްތައް ބާއްވައި އެތަންތަނަށް ގިނަޢަދަދެއްގެ މީހުން ޒިޔާރަތް ކުރަމުންދާ ޕާކެކެވެ. އަދި މިޔުޒިކު ޝޯތައްވެސް އެޕާކުގައި ބާއްވާކަން ސެންޓްރަލް ޕާކުގެ ބެލެނިވެރިފަރާތަށް ވަރަށް ސާފުކޮށް އެނގޭނެއެވެ. ކަން މިހެން ހުރިއިރު ގިނަބަޔަކު އެއްވެ ތަފާތު ޙަރާތްތަށް ހިންގާ އިރު އެފަރާތަކަށް ކުރިމަތުވަމުން އަންނަ ފާޚާނާގެ ދަތިކަން ޙައްލުކޮށް ދިނުމުގެ ބޭނުންތެރިކަން ނުހަނު ބޮޑު ކަމުގައިވެސް ދަންނަވަން ޖެހެއެވެ.

މިހާރުވެސް އެޕާކުގައި އެކްސްޕޯއެއް ހިނަގަމުން އެބަދެއެވެ. އެތަނަށް ޒިޔާރަތް ކުރަނީ ހުޅުމާލޭގައި ދިރިއުޅޭ މީހުން އެކަންޏެއް ނޫނެވެ. މާލެއާއި ވިލިމާލެއިން މީހުން އަންނަމުން ދާއިރު އެފަރާތް ތަކަށް ވެސް ފާޚާނާގެ ބޭނުންތައް ނުޖެހި ނުދާނެތާއެވެ.

      ހުޅުމާލޭ ބީޗަށް މޫދަށް އެރެން ދާމީހުނަށް ވުރެ ސެންޓަރަލް ޕާކަށް ޒިޔާރަތް ކުރާ މީހުން ގިނަވާނެއެވެ. އަދި ޚާއްޞަކޮށް ހުކުރު ދުވަހަކީ މުޅި މާލޭ ސަރަޙައްދުގައި ދިރިއުޅޭ ބިދޭސީންގެ ހޮލިޑޭ ދުވަސް ކަމުން ހުކުރު ދުވަހު ސެންޓްރަލް ޕާކު އޮންނަނީ ތޮށްޖެހިފައެވެ. އަދި ބަންދު ދުވަސް ތަކުގައި މާލޭގައި ދިރިއުޅޭ ޢާއިލާތަށް ސެންޓްރަލްޕާކަށް ކުޑަކުދީން ގޮވައިގެން އައިސް އެކުދިން އުފާކުރުވުމަށްޓަކާ ބައިސްކަލް ދުއްވުމާއި ސްކޭޓް ކުރުމުގެ ޙަރަކާތް ހިންގާކަމީ ސެންޓްރަލް ޕާކު ބަލަހަށްޓާ ފަރާތަށް ވަންހަނާވާނެ ކަމެއް ނޫންތާއެވެ. އެހެންކަމާއެކު ފާޚާނާގެ ބޭނުން އިންތިހާ ބޮޑުވެފައިވާ ސެންޓްރަލް ޕާކުގައި ފާޚާނާ ބަރިއެއް ހުރުމަކީ އެތަނަށް ޒިޔާރަތް ކުރާފަރާތް ތަކަށް ކުރިމަތިވަމުންދާ މި ބޮޑު ތަކުލީފުތަކަށް ޙައްލު ލިބޭނެ އުފާވެރި ކަމަކަށް ވާނެތީ ސަމާލު ކަމަށްޓަކާ ބުނެލީއެވެ. މިހާރު މިފަދަ ކަންތައްކޮށްލުމަށްވެސް މާބޮޑު ދައްޗެއްވެސް ނެތެއްނޫންތޯއެވެ؟ ބިޑަކަށްލައި ދުވަސްތަކެއް ދުއްވާލާކަށް ނުޖެހޭނެއެވެ. ތަނުގެ ބަލަދުވެރިޔާ ބޭނުން އަގެއްގައި ބޭނުން ބަޔަކަށްދީގެން ނިންމާލެވޭނެ ނޫންތޯއެވެ؟

     އެޗްޑީސީ އިން ބަލަ ހައްޓާ ހުޅުމާލޭ ސެންޓްރަލް ޕާރކުގައި ފާޚާނާ ބަރިއެއް އެޅުމަކީ އެކުންފުންޏަށްވެސް ކުރެވޭނެ ކަމެކެވެ. އެތަނުގައި މަޢުރޫފު ޖަމީލުގެ ކުރިން އުޅުއްވި ސީއީއޯ މިނިސްޓަރު އެތަނުން ނެންގެވި ކަމަށް ބުނާ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް އެކުންފުނީގެ ބަޖެޓުންވެސް އަދި އެތަނަށް ލިބުނު ފައިދާގެ ތެރެއިން ވެސް އުނިވި ކަމެއް އެނގޭ މީހަކު ނެތް ކަމަށް ވެއެވެ. މިފަދަބޮޑެތި ޖަރީމާތައް ހިންގާލައިފާ ސަލާމަތުން ހުރެވޭއިރު ފާޚާނާ ބަރިއެއް ހަދާލަ ދިނިއްޔާ ވާނީ ކީއްތޯއެވެ؟

އެހެނަސް އެކުންފުނީގެ އެއްވެސް ޗެއަރމަން މިނިސްޓަރަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފާނާގަނޑެއް ހަދައިދޭކަށް ނުކެރުނު ތާއެވެ. ވާނީ އެހެނެވެ. އެހެނީ އެމީހުން އެތަނުގައި ފާޚާނައެއް ނެތިގެން ހާޖަތައްނުދެވިގެން ނޫޅެއެވެ!

ރައްޔިތުންނަށް ކުރިމަތިވާ( ޚާއްޞަ ކޮށް ހުޅުމާލެއިން ) ޢާންމު ދަތިތައް ޙައްލު ކޮށް ދިނުމަށް އެޗްޑީސީ އިން މަސައްކަތް ކުރަމުން ދާކަމުގެ އަޑުތައް ދަނީ ފަތުއަޑުކިޔާފައި ފެތުރެމުންނެވެ.

      އެހެން ކަމާއެކު މިއަންނަ އަހަރަށް ލަފާ ކުރާ އެޗްޑީސީގެ ބަޖެޓްގައި ހިމަނައިގެން ނަމަވެސް ނޫން ނަމަ އެކުންފުނީގެ ފައިދާގެ ތެރެއިން ނަމަވެސް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފާޚާނާ ބަރިއެއް ހަދައި ދޭނޭ ކަމަށް އެޕާކަށް ޒިޔާރަށް ކުރާ ކުދިބޮޑު އެންމެހައި ރައްޔިތުން އެދޭވާހަކަ މީޑިޔަގައި ޝާއިރުކޮށްދިނުމަށް އެދެމުންދާތީ މިކަން ހާމަކޮށްލީއެވެ. އަދި އެޕާކަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ކުރުމަތީގައި ދައުލަތުގެ އޯގާވެރި ކަމާއި ފަތުރުވެރިންނަށް ހޭހަން ކޮށް ދިނުމާއި ދައުލަތުގެ ކަރާމަތާއި އަބުރު ޙިމާޔަތް ކޮށް ސަރުކާރުން ރައްޔިތުންގެ އަސާސީ ޙައްގުތައް ކަށަވަރުކޮށްދޭ މިންވަރު ދައްކައި ދިނުމަށްޓަކާ ވެސް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފާޚާނާ ބަރިއެއް ދެޖިންސަށް ވަކިން އަޅައިދިނުމަކީ މުހިންކަމެއްކަމެއް ކަމުގައި އަޅުގަނޑު ދެކެވެ.

އެޕާކަށް ޒިޔާރަތް ކުރާ ޅަފުރައިގެ އަންހެނުންނަށް ކޮންމެ މަހަކު އެއްފަހަރު ދިމާވާ ގުދުރަތީ ތަކުލީފެއް އޮންނާނެކަން ދަންނަންޖެހެއެވެ. އެހެންކަމާއެކު އެފަދަ އަންހެނަކަށް ޕާކުގައި ހުށްޓާ އެފަދަ ޙާލަތެއް ދިމާވެއްޖެނަމަ، އެނބުރި އޭނާގެ ގެއަށް ނުގޮސް އެތަނުން އެކަން ޙައްލު ކުރެވޭ ގޮތް ވުމަކީ ކުޑަ ފަސޭހައެއް ނޫންތާއެވެ. އަދި މިކަހަލަ އެތަކެއް އުނދަގޫ ތަށް ފާޚާނާ ހުރުމުން ޙައްލުވެގެން ދާނެއެވެ. މިކަމަކީ ވެސް އިންސާނީ ކަރާމާތް ދެމެހެއްޓުމަށް ކޮންމެހެން ވެސް ބޭނުން ތެރި ކަމެއްތާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް