މިއަދުގެ ބައެއް ނިއުސް ބްރީފިންގ

Loading

November 15, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp
  • ޖިންސީ ގޯނާގެ ކުށުގައި ޖަލަށް ލެވުނު ޖެފްރީ އެޕްސްޓެއިން އާއި ސިޔާސީ ބައެއް އިސްފަރާތްތަކާ ހުރި ގުޅުން ބަލަން ރައީސް ޓްރަމްޕް އަމުރު ކުރައްވައިފިއެވެ. ޓްރަމްޕް ވިދާޅުވި ސިޔާސީ އިސްފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް ބިލް ކްލިންޓަން ވެސް ހިމެނިވަޑައިގަންވައެވެ.
    ސޯޝަލް މީޑިޔާ ޕްލެޓްފޯމް ޓުރުތު ސޯޝަލްގައި ގައި ލިއުއްވަމުން ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެޕްސްޓެއިންގެ މައްސަލަ އިދިކޮޅު ޑިމޮކްރެޓުން ނަގަނީ އެމީހުންގެ ފެއިލްވުންތައް ފޮރުވުމަށް ކަމުގައެވެ.
    އޭގެ ކުރިން އެޕްސްޓެއިންގެ ފަރާތުން ވަނީ އެފްސްޓެއިން ފައިލްސްގެ 20،000 ސަފުހާ އެކުލެވޭ ބައެއް ހާމަކޮށްފައެވެ.އޭގައި ޑޮނަލްޑް ޓްރަމްޕް އާއި ބެހޭ ވަރަށް ”ޑެމެޖިންގ“ ނުވަތަ ގެއްލުންދެނިވި މައުލޫމާތުތަކެއް ހިމެނޭ ކަމަށް އެފްސްޓެއިން ކުރިން ބުނެފައި ވެއެވެ.
    އެޕްސްޓެއިންވަނީ ޖަލުގައި ހުރެ އަމިއްލަޔަށް މަރުވެފައެވެ.
  • ޣައްޒާއަށް އެހީގެ ތަކެތި ވައްދަން ކުރެވުނު 23 ރިކުއެސްޓަށް އިޒްރޭލުން ހުއްދަ ނުދީ ވާކަމަށް އދން ބުނެފިއެވެ. އދން ބުނީ ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އަމުރަށް އަމަލުކުރަން އޮކްޓޯބަރު 10 ވަނަ ދުވަހު ފެށިފަހުން އެހީގެ ތަކެތި ވައްދަން ހުށަހެޅުނު 23 ރިކުއެސްޓެއް އިސްރޭލުން ވަނީ ރިޖެކްޓް ކޮށްފަ ކަމުގައެވެ.ނުވަތަ ވަނީ ހުއްދަ ނުދީފައެވެ.މިހެން ކަމުން ގިނަ އަދަދެއްގެ މުހިންމު ސާމާނު ޣައްޒާއަށް ނުވެއްދިފަ ޖޯޑްން، މިސްރު އަދި އިޒްރޭލް ޣައްޒާ ބޯޑަރުގައިވެސް އެބަހުރި ކަމުގައެވެ. މިގޮތުން ހިފެހެއްޓިފައިވާ ސާމާނުގެ ތެރޭގައި ވަގުތީ ހިޔާ ތައް އަޅަން ބޭނުންވާ ޓެންޓްތަކާއި ގޮދަޑި ،ބަދިގޭސާމާނު އަދި ރަޖާފަގަ ތަކެތި ހިމެނެއެވެ.
    އަނެއްކޮޅުން ހަބަރުލިބޭ ގޮތުގައި ފިނިމޫސުމުގެ ކަންތައްފެށިފައިވާތީ ޣައްޒާއަށް ވަނީ ވާރޭއާއި ސްނޯގެ އުނދަގޫ ކުރިމަތިވެފައެވެ.
  • ރަޝިޔާއިން ޔޫކްރެއިން އަށް އަމާޒުކޮށް ދެމުން އަންނަ މިސައިލް އަދި ޑްރޯން ހަމަލާތައް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަރުގަދަޔަށް ކުށްވެރި ކުރައްވާކަމަށް ވިދާޅުވެފައި ވެއެވެ.ރަޝިޔާގެ ފަހުގެ ހަމަލާތަކުގައި 8 މީހުން މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ލިބިފައި ވެއެވެ.
  • ބީބީސީން ގެނެސްދިން ޕެނޮރާމާ ޕްރޮގްރާމެއްގައި ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅެއް ގެނެސްދިންއިރު މާނަ ބަދަލުވާ ގޮތަށް އެޑިޓް ކޮށްފައިވާކަމަށް ބުނާމައްސަލައިގައި އިގިރޭސި ބޮޑުވަޒީރު ކެއިރު ސްޓާމާ އާއި ފޯނުން ގުޅުއްވަން ގަސްތުކުރައްވާ ކަމުގައި ރައީސް ޑޮލަޑް ޓްރަމްޕް ވިދާޅުވެފައި ވެއެވެ. މިމައްސަލައިގައި ބީބީސީގެ އެންމެ އިސް ދެވެރިން ވަނީ އިސްތިއުފާދީފައެވެ.
  • މެކްސިކޯއަށް އެމެރިކާގެ މިލިޓަރީ އެހީ ބޭނުން ނޫންކަމަށް މެކްސިކޯގެ ރައީސް ކްލޯޑިއާ ޝައިންބައުމް ވިދާޅުވެއްޖެއެވެ. ނަމަވެސް ދެގައުމު ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ރަގަޅު ކަމަށް ވިދާޅުވިއެވެ.
    މެކްސިކޯއާއި އެމެރިކާ އަކީ ބޯޑު ހިއްސާކުރާ ދެގައުމެވެ. އަދި އެގައުމަށް އެމެރިކާގެ ޖެއްސުންތައް ވަރަށް ބޮޑުކަމަށް ޙަބަރުލިބެއެވެ.
  • އދން ގެ ސަލާމަތީ މަޖިލީހުން ޔަމަނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރު އެއްއަހަރުވަންދެން ދަމަހައްޓަން ސަލާމަތީމަޖިލީހުން ފާސްކޮށްފިއެވެ.
  • މިސްރު އަދި ސައޫދީ އަރަބިއްޔާގެ އޮފިޝަލުން ބައްދަލް ކުރައްވާ ސޫދާން ހަގުރާމަ ހުއްޓުމަކަށް ގެނެވުމާއި ބެހޭ މަޝްވަރާތައް ކުރައްވައިފިއެވެ. އޭގެ ކުރިން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ، ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމިނިސްޓަރ އަދި ފޮރިން މިނިސްޓަރ އަށް ފޯނުން ގުޅުއްވާވެސް ސޫދާން އަށް ހިއުމެނިޓޭރިއަށް އެހީ ފޯރުކޮށް ދިނުމަށް ހަނގުރާމަ ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައި ވެއެވެ.
  • މާބަރގް ކިޔާ ނުރައްކާތެރި ބަލި އިތިއޯޕިޔާ އިން ފެނިފައިވާކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.
  • ގައްޒާގެ އެއްކޮޅުން އަނެއްކޮޅަށް ޖަމާވެފައިވާ އެތައްހާސް ޓަނުގެ ކުނީގެ ސަބަބުން ނޭވާލާނިޒާމުގެ ބަލިތަކާ ހަމުގެ ބަލިތަކުގެ އިތުރުން ބަނޑުގެ ބަލިތައް ފެތުރިގެން ދިއުމުގެ ބިރު އެބައޮތް ކަމަށް ފަލަސްތީނުގެ ހެލްތު އޮފިޝަލަކުވިދާޅުވެއްޖެއެވެ.
  • އެމެރިކާގައި އުފައްދާ އެފް-35 ގެ ފައިޓަރ ޖެޓް ތަކެއް ގަތުމުގެ ޝައުގުވެރިން ސައޫދީ އަރަބިއްޔާއިން ފާޅުކޮށްފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
    ސައޫދީ ކްރައުން ޕްރިންސް މުޙައްމަދުބިން ސަލްމާން ނޮވެމްބަރު 18 ވަނަ ދުވަހު ވަނީ އެމެރިކާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް