ރައީސް ޓްރަމްޕްގެ އަބުރުފުޅާބެހިގެން 1 ބިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށް ދައުވާކުރަނީ

Loading

Facebook
Twitter
WhatsApp


ޕަނަރޯމާ ޑޮކިއުމެންޓަރީއާ ގުޅޭގޮތުން ބީބީސީ އިން ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަބުރުފުޅަށް އަރާގެންފައިވަނީ ފްލޮރިޑާގެ އަބުރާބެހުމުގެ ގާނޫނާ ޚިލާފަށް ކަމުގައި ކަނޑައަޅައިދިނުމަށާއި ބަދަލުގައި 1 ބިލިއަން އެމެރިކާ ޑޮލަރ ނަގައިދިނުމަށް އެދި ރައީސް ޑްރަމްޕްގެ ފަރާތުން އެމެރިކާގައި ކޯޓަށް ހުށައަޅަން ގަސްދުކުރާކަން ދަ ހިލްއިން ބުނެފިއެވެ.

ޕަނަރޯމާ ޑޮކިއުމެންޓަރީ ކަމަށް ބުނެފައިއެވަނީ 2021 ވަނައަހަރު ކެޕިޓަލް ހިލްގައި ހިނގާދިޔަ ހަމަނުޖެހުންތަކަކީ ރައީސް ޓްރަމްޕް އިސްނަނަގަވައި ހުންނަވައި ހިންގަވާފައިވާ ހަލަބޮލިކަމެއްކަމުގެ ލިއެކިއުންތަކާއި ވީޑިއޯ ތަކަށެވެ. އެ ވީޑިއޯތައް 2024 ވަނައަހަރު އިލެކްޝަނާ ދިމާކޮށް ބީ ބީ ސީ އިން ޓެލެކާސްޓް ކޮށްފައިވަނީ އެޑިޓްކޮށްގެންކަމަށް ބުނެ ރައީސް ޓްރަމްޕްގެ ފަރާތުން ކޯޓަށް ހުށައަޅަން ގަސްދުކޮށްފައި ވަނީއެވެ. އަދި އެއީ ރައީސް ޓްރަމްޕްގެ ސަޕޯރޓަރުންނަށް މަގުއޮޅުވާލައި ރައީސް ޖޯ ބައިޑްންއަށް އިންތިޚާބުގައި މަގުފަހިކޮށްދުމަށް ކަމަށްވެސް ކޯޓަށް ހުށައަޅަން ގަސްދުކުރާ ލިއެކިއުންތަކުގައި ބުނެފައިވެއެވެ.
2021 ވަނައަހަރު ޖެނުއަރީ މަހުގެ 6 ވަނަދުވަހު ކެޕިޓްލް ހިލްގައި ހިނގާދިޔަ ހަމަނުޖެހުމުގެ ތެރޭގައި ރައީސް ޓްރަމްޕް ކޯފާވެ ހުންނަވައި ވާހަކަފުޅުދައްކަވަމުން “ ވީ ފައިޓް ލައިކް ހެލް “ މިހެން ވިދާޅުވެފައިވުމާއި އަދި އޭގެ 54 މިނިޓްފަހުން “ އަހަރެމެން ދެންދާނީ ކެޕިޓްލް ހިލް އަށް “ މިހެން ވިދާޅުވެފައި ވެއެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ޓްރަމްޕައަށް ތާއީދުކުރާ މީހުންމަދުކުރުމުގެ ބޭނުމުގައި ކެޕިޓްލް ހިލްގައި ހިނގާދިޔަ ހަމަނުޖެހުން އިތުރަށް ހޫނުކުރުވީ ރައީސް ޓްރަމްޕްކަން ހާމަކުރަން ބީ ބީ ސީގެ އެޑިޓަރ މި 2 ޖުމުލަ ވަނީ ގުޅުވައިގެން ބޭނުން ކޮށްފައެވެ. ރައީސް ޓްރަމްޕްގެ ވަކީލު އަލަހެންދްރޯ ބްރިޓޯ ބީ ބީ ސީ އަށް ފޮނުވި ލިއުމުގައި އެ ޑޮކިއުމެންޓް އަނބުރާ ނެގުމަށާއި ބީ ބީ ސީ އިން ދޮގު ޚަބަރު ފެތުރުމުގެ ސަބަބުން ރައީސް ޓްރަމްޕްގެ އަބުރުފުޅަށް ލިބުނު ގެއްލުމަށް 1 ބިލިއަން ޑޮލަރުގެ ބަދަލެއް ދޭންޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި މިއަންނަ ހުކުރު ދުވަހުގެ ރޭގަނޑު 10 ގެކުރިން ޖަވާބުދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ޓްރަމްޕްގެ ޑޮކިއުމެންޓްރީގައި ބީ ބީ ސީ އިން އެގޮތަށް ކަންތައް ކުރެވިފައިވާތީ ބީ ބީ ސީގެ ރައީސް ސަމީރް ޝާހް ވަނީ އާންމުކުރެވިފައިވާ މައާފް އެދުމެއް ފާޅުކޮށްފައެވެ. އަދި ބީ ބީ ސީގެ ޑިރެކްޓަރ ޖެނެރަލް ޓިމް ޑޭވީ އާއި އަދި ޗީފް އެގްޒެކެޓިވް އޮފް ނިއުސް ޑެބޯރާހ ޓަރނެސް އިސްތިއުފާ ދިނުމަށް އަންގާފައެވެ.
އިނގިރޭސި ވިލާތުގެ މަޝްހޫރު ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ އެމާ ތޮމްސަން ބުނެފައިވަނީ ރައީސް ޓްރަމްޕްގެ މައްސަލަ ކާމިޔާބު ކުރެވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ވީޑީއޯއެއްގައި ހުރި ވާހަކަތައް ނުވަތަ މަންޒަރުތައް ނަހަމަގޮތުގައި ބޭނުންކުރަން އެގޮތަށް އެޑިޓްކުރުމަކީ އަބުރާބެހުންކަމުގައި ބެލެވިދާނެކަމަށް އެކަމަނާ އަލްޖަޒީރާއަށް އޮޅުން ފިލުވާދީފައި ވެއެވެ. އެހެންނަމަވެސް މީޑިއާގެ ތަޖްރިބާކާރުން ބުނެފައިވަނީ ރައީސް ޓްރަމްޕް އަކީ ރައްޔިތުންގެ ޚާދިމަކަށް ވުމުގެ ސަބަބުން އަބުރާބެހުމުގެ މައްސަލަތައް ކާމިޔާބު ކުރުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށެވެ. އަބުރާ ބެހުމުގެ މައްސަލަތައް އެމެރިކާގެ ކޯޓުގައި ސާބިތުކޮށްދިނުމަކީ ވަރަށް އުދަނގޫ ކަމެކެވެ. އެންމެ ފުރަތަމަ މައްސަލައިގެ ހަގީގަތާ ހަމަޔަށް ވާސިލުވުމަށްޓަކައި ވާހަކަ ދެއްކިމީހާ ދެއްކި ވާހައަކުން ނުވަތަ ބުނިއެއްޗަކުން މީސްތަކުންނަށް އޮޅުން އެރީ ނުވަތަ ވިސްނުން ބަދަލުވެގެން ދިޔައީ ކިހާވަރަކަށްތޯ ދެނެގަންނަން ބޭނުންވާނެއެވެ. އިނގިރޭސި ވިލާތުގެ ގާނޫނުގައި ބޭނުންވަނީ ދެއްކިވާހަކައަކީ ހަމައެކަނި ދޮގެއްތޯ ބެލުމެވެ. އެކަމަކު އެމެރިކާގެ ގާނޫނުގައި އޭގެ ސަބަބުން ނިކުތް ނޭދެވޭ ނަތީޖާވެސް ސާބިތުކޮށްދޭން ޖެހޭނެއެވެ. އެކަން ނުކުރެވިއްޖެނަމަ ކޯޓުން މައްސަލަ ބޭރުކޮށްލާނެއެވެ. މި ކަންކަމަކީ ސާބިތުކޮށްދިނުން ވަރަށް އުދނަގޫ ކަންތަކެވެ. ކޭމްބްރިޖް ޔުނިވަރސިޓީގެ ގާނޫނީ ޕްރޮފެސަރ ޑޭވިޑް އާރޑޮސް އިތުރަށް ކިޔާދީފައިވެއެވެ.
އެމެރިކާގެ ގާނޫނު ބުނާގޮތުން ބީ ބީ ސީގެ ޑޮކިއުމެންޓްރީ އަޑުއެހާއި ނުވަތަ ބަލައި ހެދީ ކިތައްމީހުންކަމާއި އޭގެ ސަބަބުން އެބައިމީހުންގެ ހިތަށް އިހްސާސް ކުރެވުނު އިދިކޮޅު ވިސްނުން ނުވަތަ ހާމަކުރި ޝުއޫރުތައްވެސް ކޯޓަށް ސާބިތުކޮށްދޭން ޖެހޭނެކަމަށް ޔުނިވަރސިޓީ އޮފް ބްރިސްޓްލްގެ ގާނޫނީ މާހިރު ގަވިން ފިލިޕްސަން ކިޔާދީފައިވެއެވެ. މި ހާދިސާއަށް ބަލާއިރު ބީ ބީ ސީގެ މެއިން ސްޓްރީމް ޕްލެޓްފޯރމް އައި-ޕްލޭޔަރ އެމެރިކާއަށް ލިބޭނެގޮތެއް ނޯންނާނެއެވެ. އެ ލިބިގެން ނޫނީ ޕެނަރޯމާ ޑޮކިއުމެންޓްރީން ފްލޮރިޑާގައި ރައީސް ޓްރަމްޕްގެ ޝުހުރަތަށް ލިބުނު އުނިކަމެއް ސާބިތުކުރެވިދާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.
އެމެރިކާގެ ސީ ބީ އެސް އާއި އޭ ބީ ސީ ނިއުސް ޗެނަލް ފަދަ މީޑިއާތަކާ ދޭތެރޭ ހުށައެޅި އަބުރުގެ ދައުވާތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް އެމެރިކާގެ ރައީސުންނަށް ދޭން ޖެހުނެވެ.
މިއަހަރު ޖުލައިމަހުގެ ތެރޭގައި ސީ ބީ އެސްގެ ޕޭޜެންޓް ކޮމްޕެނީ ޕަރަމައުންޓް އިން ރައީސް ޓްރަމްޕް 2024 ގައި ދީފައިވާ ބަސްދީ ގަތުމެއް އެޑިޓްކޮށްފައިވާތީ ކޯރޓުން ބޭރުގައި މައްސަލަ ނިންމާލުމަށް 16 މިލިއަން ޑޮލަރ ދޭންޖެހުނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް