ހުޅުމާލޭ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ބޯޓުގައި ރޯވި އަލިފާން ނިއްވާލެވިފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.
އެ މުއައްސަސާއިން ބުނީ، މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދުގެ މެންދުރުފަހު 1.30ހާއިރު ކަމަށެވެ. އެއާއެކު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
”ހޯކްސް ރޯދި“ ނަމަކަށްކިޔާ މި ބޯޓުގައި އަލިފާން ރޯވެ ބިދޭސީއެއްގެ ފައި ފިހިގެން ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދީފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
ހޯކްސް ރޯދި ބޯޓަކީ ދިގުމިނުގައި 40 ފޫޓު ހުންނަ ބޯޓެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ބޯޓުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް މިހާތަނަށް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
![]()
