އައްޑޫ ސިޓީ ހިތަދޫގެ މިސްކިތަކަށް މިރޭ ގެއްލުންދީފައި ވާތީ މައްސަލަބަލައި އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ބަލައި ތަޙްޤީޤުކޮށް، ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ފަށާފައިވާކަން ވަނީ ހާމަކޮށްފައެވެ.
ގެއްލުން ދީފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މަސްޖިދުލް ޢުމަރުލް ފާރުޤަށެވެ. އެ މިސްކިތަށް ގެއްލުން ދިނީ ކޮންބައެއްކަން މިހާތަނަށް ދެނެގަނެވިފައި ނުވާއިރު އެ މިސްކިތުގައި ހުރި ގޮނޑިތަކާއި ފެންފުޅިތައް އުކާލައި، ފަންކާ ހަލާކުކޮށް، ކަރަންޓު ބޯޑަށް ވެސް ވަނީ ގެއްލުންތަކެއް ދީފައެވެ.
![]()

One Response
އައްޑޫސިޓީހިތަދޫމިސްކިތައްގެެއްލުއްދިނީ.އިޒުރޭލައްނިސްބައްވާޖަމާއަތުގެބައެއް…މިހެއްއަޅުގަނޑުބުނައްޖެހުނުސަބަކީ..މުސްލިމަކައްވެހުރެއެކަހަލަގަރީމާއެއްނުހިއްގާނެ..ތިއަވާނީއިޒުރޭލުބޮވަޒީރުގެ…..ފިކުރުމީހުއް..އަޅުގަންމޖގޮވާލަނީމިސަރުގެއިސްވެރިއާއަށް………އެމިސްކިތައްގެއްލުއްދިއްމީހުއްގެދެއަތްބުރިކުރައް..އެހެއްނޫނީބުރީހަންބޭލުއް