މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް.)ގެ ހެޑްކުއަރޓަރސްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

އެމް.ސީ.އެސްގެ ހެޑްކުއަރޓަރސްގެ އައު އިމާރާތް ގާއިމުކޮށްފައި ވަނީ ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައެވެ.

އެ އިމާރާތް ހުޅުވައިދެއްވުމަށް މިއަދު މެންދުރު ހުޅުމާލޭ ޖަލުގައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ރަސްމީކޮށް ހުޅުވައިދެއްވުމުގެ ގޮތުން، އިމާރާތުގެ ނަންބޯޑުގައި ދަމާފައިވާ ފޮތިގަނޑު، ރިމޯޓުން ކައްސަވާދެއްވީ ރައީސް މުޢިއްޒުއެވެ.

އެ މުއައްސަސާގެ އަމިއްލަ ބިމެއްގައި ފުރަތަމަ ފަހަރަށް ހުޅުވި އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ އިމާރާތަކީ، 2 ފަންގިފިލާގެ މައްޗަށް އެކުލެވޭ، 12000 އަކަފޫޓު ބޮޑުމިނުގެ އިމާރާތެކެވެ.
16 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމި މި އިމާރާތުގައި، އެމް.ސީ.އެސް ހެޑްކުއަރޓަރސްގެ 15 ސެކްޝަން އަދި ޑިވިޜަނާއި ކޮމާންޑް ހިމެނޭހެން، 170އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތް ކުރާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް